ފުވައްމުލަކު ކަރަންޓް މައްސަލަ މަޖިލީހަށް، މެންބަރުގެ ތުހުމަތު ފެނަކަށް

"ފުވައްމުލަކުގެ ރައްޔިތުންނަށް 24 ގަޑިއިރަށް ކަރަންޓު ޔަގީން ނުކޮށް ދެވުނު. ރައްޔިތުން ހޫނާއި އަނދިރީގައި ތިބެ އުފުލަމުންދާ ތަކުލީފުތަކުގެ ސަބަބަކީ ފެނަކައިގެ އިހުމާލު،"

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ

ފުވައްމުލަކު ސިޓީން ކަރަންޓް ކެނޑި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލެއް ނުހޯދި ލަސްވަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ އަށް ހުށައަޅައިފި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށައެޅުއްވި މައްސަލާ ގައި ބުނެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ މެެދެއްހާ ހިސާބު ގައި އެ ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދިޔަ އެެއްް ޖެންސެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ތާވަލެއް ހަދައިގެން އެކި ވަގުތުތަކުގައި ކަރަންޓްގެ ހިދުމަތް މެދުކަނޑަމުންދާ ކަމަށެވެ.

ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އެންމެ އަސާސީ ހިދުމަތެއް މެދުކެނޑި މައްސަލައަށް ހައްލު ނުހޯދި އެކަށީގެންނުވާ ދިގު މުއްދަތަކަށް ދިގު ދެމިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ މިކަމުގެ ސަބަބުން ރައްޔިތުން ތިބީ ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައި ކަމަށެވެ. ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޮޅުމަސް ދުވަސް ފާއިތުވެ ގޮސްފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

"ކަރަންޓް ހިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރީން ވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި ބޭނުންނުކުރާ ޖެންސެޓް ހުރެމެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫކު ކުރަން ދައްޗެވެ،"

މެންބަރު ހުސައިން ހުށައެޅުއްވި މައްސަލާ ގައި ރައްޔިތުންގެ ތަކުލީފުތަކަށް ހައްލެއް ނުހޯދި ލަސްވަމުންދާ ދިއުމަކީ ފެނަކައިގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ދެކޭތީ އެ މައްސަލަ ބަލައި ދިނުމަށް އެދިފައިވެ އެވެ.

"ފުވައްމުލަކުގެ ރައްޔިތުންނަށް 24 ގަޑިއިރަށް ކަރަންޓު ޔަގީން ނުކޮށް ދެވުނު. ރައްޔިތުން ހޫނާއި އަނދިރީގައި ތިބެ އުފުލަމުންދާ ތަކުލީފުތަކުގެ ސަބަބަކީ ފެނަކައިގެ އިހުމާލު،" މަޖިލީހަށް ހުށައެޅި މައްސަލަ އާންމުންނާއި ހިއްސާކޮށް އެކްސްގައި މެންބަރު ހުސައިން ވިދާޅުވި އެވެ.

ކޮމެންޓް

1
450
ޒުލޭ- ފުވައްމުލައް
5 months ago

ދާއިރާއެއްގެ މެންބަރެއް ފަރާތުން ވަރަށް ނީވޭނެ ތިގޮތަށް ރައްޔިތުންގެ އަޑު އުފުލާތީ. ތިކަހަލަ ދަރިން ބޭނުންވަނީ ދިވެހި ގައުމަށް . އަދި މަޖިލިސްއަށްވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.