ރުހުން ނުދިން ވަޒީރުން އައްޔަނު ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން: ޑިމޮކްރެޓްސް

ޑިމޮކްރެޓުން ބުނީ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަނު ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާ އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.

މިނިސްޓަރު ހައިދަރު (ކ) މިނިސްޓަރު ޝަހީމް (މ) ބަންޑާރަ ނާއިބު އުޝާމް (ވ) ތިން ބޭފުޅުންނަށް ވެސް ރުހުމެއް ނުދިން

ވަޒީރު ކަމަށް ރުހުން ނުދެއްވި ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަނު ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ފެންނަ ގޮތެއް ނިންމުމަށް މަޖިލީހުގައި އިއްޔެ ނެގުނު ވޯޓް ގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ވަނީ ނިންމާފައެވެ.

ބަންޑާރަ ނާއިބު ކަމަށް އަހްމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރު ކަމަށް ޑރ. އަލީ ހައިދަރު އަލުން ވަނީ އައްޔަނު ކުރައްވާފައެވެ. މިއީ މީގެ ކުރީންގެ ވެރީން ވެސް އަމަލު ކުރައްވާފައިވާ ގޮތެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރަކާއި ބާރެއް ކަމަށް ގާނޫނީ ބޭފުޅުން ވެސް ވިދާޅުވެއެވެ.

ނަމަވެސް މި ސަރުކާރުގައި ބައިވެރިވުމަށް ކުރީން ޝައުގުވެރިކަން ފާޅުކުރި ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއް ގައި ވަނީ ބުނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަނު ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާ ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.

"އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ،"

ޑިމޮކްރެޓްސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައި ނުގަންނަ ކަމަށާ އަދި ގާނޫނުއަސާސީގެ ހުރުމަތާއި ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.