އެމްޑީޕީގެ ޕްރައިމަރީން ފުރުސަތު ނުދިނުމުން ކޯޓަށް، ކާމިޔާބެއް ނުވި

އެމްޑީޕީގެ މަޖިލީސް ޓިކެޓަށް ހުޅުވާލުމުން އަޒްމޫން ވަނީ ގެމަނަފުށީ ދާއިރާއަށް ވާދަކުރަން ހުށައަޅާފައެވެ. ނަމަވެސް އޭނާގެ ހުށައެޅުން ބަލައިނުގަތެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދު (ކ) އެމްޑީޕީގެ ނިންމުމާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށައެޅި އަޒްމާުން އަހްްމަދު ދީދީ (ވ)

އެމްޑީޕީގެ މަޖިލީސް ޓިކެޓް ހޯދުމަށް ހުށައެޅުމުން ޕްރައިމަރީ ގައި ވާދަ ކުރަން ފުރުސަތު ނުދިން މައްސަލާ ގައި އެ ޕާޓީއާ ދެކޮޅަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރަކު ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިމިއްޖެ އެވެ.

އެމްޑީޕީގެ ނިންމުން ބަދަލު ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ރައީސް ސޯލިހްގެ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަޒްމޫން އަހްމަދު ދީދީ އެވެ. އޭނާ އަކީ ކުރީގެ ނޫސްވެރި އެކެވެ.

އެމްޑީޕީގެ މަޖިލީސް ޓިކެޓަށް ހުޅުވާލުމުން އަޒްމޫން ވަނީ ގެމަނަފުށީ ދާއިރާއަށް ވާދަކުރަން ހުށައަޅާފައެވެ. ނަމަވެސް އޭނާގެ ހުށައެޅުން ބަލައިނުގަތެވެ. އަދި އެ ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ނެތް ކަމަށް ނިންމާ މިހާރުގެ މެންބަރު އަހްމަދު ސައީދަށް ޓިކެޓް ލިބުނުކަން ހާމަކުރި އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ޓިކެޓް ލިބުނު މެންބަރުންގެ ލިސްޓަށް ބަދަލު ގެނެސް ސައީދުގެ ނަން އުނިކުރި އެވެ. އަނެއްކާ ވެސް ފަހުން ހިމެނި އެވެ.

އަޒްމޫން ހުށައެޅި މައްސަލާ ގައި އެދިފައި ވަނީ އޭނާ ހުށައެޅި ފޯމް ބަލައިނުގަތުމަށް އެމްޑީޕީން ނިންމީ އުސޫލުތަކާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފޯމް ބަަލައިގަނެ އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީ ގައި ވާދަ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަަމަށް ކަނޑައަޅައި ދިނުމަށެވެ.

ސިވިލް ކޯޓްގެ އިސްގާޒީ މަރިޔަމް ވަހީދު އިއްޔެ ނިންމެވި ނިންމެވުމުގައި ވަނީ އަޒްމޫން އެދިފައިވާ ގޮތަށް އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.

އެމްޑީޕީގެ މަޖިލީސް ޓިކެޓަށް ހުޅުވާލުމުން ފަސް ދާއިރާ އަކަށް ނޫނީ ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. 43 ދާއިރާއެއްގައި ޕްރައިމަރީ އޮންނާނެ އެވެ.

އެހެން ދާއިރާތަކުން ޓިކެޓް ލިބޭނެ ކެންޑިޑޭޓުން ވަނީ ކަނޑައަޅާފައެވެ. އެއީ އެންމެ މީހަކު ކުރިމަތިލާފައިވާތީ އެވެ. ޖުމްލަ 35 މީހަކަށް ވަނީ ޕްރައިމަރީ ނެތި ޓިކެޓް ލިބިފައެވެ. އޭގެ ތެރޭގައި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 18 މެންބަރަކު ހިމެނެ އެވެ. 

ކޮމެންޓް

1
450
މުންކޮ
3 months ago

އެމްޑީޕީ ޓިކެޓު ހޯދުމަށްވުރެ ރަގަޅުވާނެ ގަޔަށްގުއިރީގެން މަގުމަތީގަ އުޅުނަސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.