އޭޖީ އުޝާމް ޖޭއެސްސީއަށް އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އުޝާމް، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވީ ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައިއި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުން ކަމަށެވެ.

އޭޖީ އުޝާމް ޖޭއެސްސީއަށް އައްޔަނު ކުރެއްވުން

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު އައްޔަނު ކުރައްވައިފި އެވެ.

އުޝާމް މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އުޝާމް، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވީ ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައިއި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުން ކަމަށެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އުޝާމްއާ ހަވާލުކޮށްދެއްވާފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް އައްޔަނު ކުރައްވާފައިވާއިރު އެ މަގާމަށް އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ނިންމުމާއި ގުޅިގެން އަލުން ވަނީ އެ މަގާމަށް އައްޔަނު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.