މާލޭ މަގުމަތީން ގިނަ އަދަދަކަށް ޕާކިން ޖާގަތައް ދޫކުރީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވަ އެވެ. އެ ނިންމުމާއި ގުޅިގެން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޭރު އޮތެވެ.
މާލޭ މަގުމަތީން ދޫކުރި ޕާކިން ޖާގަތަކާއި ގުޅިގެން ކަންބޮޑުވުމެއް އޮތްނަމަ ހުށައަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން މިއަދު ބުނީ ޕާކިން ޖާގަތަކާއި ގުޅިގެން ކަންބޮޑުވުމެއް އޮތްނަމަ ހިއްސާ ކުރެވޭނެ ކަމަށެވެ. އެ ގޮތުން ކައުންސިލްގެ ވެބްސައިޓް ގައިވާ ޝަކުވާ ހުށައަޅާ ޕޯޓަލާއި އާންމު ހިދުމަތްތަކާއި ބެހޭ ބަޔަށް ލިޔުމުން ވެސް ހުށައެޅޭނެ ކަމަށް ބުންޏެވެ.
އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް ބުންޏެވެ. ތިން ބާވަތެއްގެ ޝަކުވާއެއް އޮތްނަމަ ހުށައަޅަން ވަނީ އެދިފައެވެ. އެއީ؛
މާލޭ މަގުމަތީން ގިނަ އަދަދަކަށް ޕާކިން ޖާގަތައް ދޫކުރީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވަ އެވެ. އެ ނިންމުމާއި ގުޅިގެން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޭރު އޮތެވެ.
ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާތަކަށް ފުރުސަތު މި ހުޅުވާލީ މޭޔަރު ކަމަށް އެމްޑީޕީގެ އާދަމް އާޒިމް ވަޑައިގެންނެވެ.
މ.ސީނުކަރަންކާގޭ ދޮރުމަތީގަ ޕާކް ކޮށްފަ އޮންނަ ނޫކުލައިގެ ވޭން އަށް ހާއްސަކޮށްފައޮތް ޕާކިންް ސްލޮޓް ކޮންމެސް އެހެން ދިމާލަކަށް ބަދަލުކުރެވޭނެތަ މޭޔަރު އާޒިމް