މަޖިލީސް ކައިރީ މުޒާހަރާކުރުން: ސިފައިންނާއި ފުލުހުން ޒިންމާ އަދާކުރިތޯ ބަލަން ހުށައަޅައިފި

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ނިންމުމުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްވެ އާންމުންގެ ބަޔަކާއެކު މަޖިލީސް ކައިރިއަށް އެއްވެ ވަނީ އަޑުއުފުލާފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ރައްޔިތުން މަޖިލީސް ކުރާގެ ކައިރީ މިއަދު މުޒާހަރާ ކުރިއިރު ސިފައިންނާއި ފުލުހުންނަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރިތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަަކާބެހޭ ކޮމެޓީއަށް މައްސަލަ ހުށައަޅައިފި އެވެ.

މައްސަލަ ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. 

އީވާ ހުށައެޅުއްވި މައްސަލާ ގައި ބުނެފައި ވަނީ މަޖިލީހުގެ ގެއާއި އެގޭގެ ގޯތިތެރެއާ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. މިއަދު މަޖިލީހުގެ ގެ ކައިރީ މުޒާހަރާ ކުރަމުން ދިޔައިރު މުޒާހަރާގެ ބައިވެރީން މަޖިލީހުގެ ގޭގެ ވަށާފާރު މައްޗަށް އަރާ ގޯތިތެރެއަށް އެއްޗެހި އުކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ކަމުން ސިފައިންނާއި ފުލުހުންނަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރިތޯ ބެލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ނިންމުމުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްވެ އާންމުންގެ ބަޔަކާއެކު މަޖިލީސް ކައިރިއަށް އެއްވެ ވަނީ އަޑުއުފުލާފައެވެ. ނަމަވެސް ހަމަނުޖެހުމެއް ނުހިނގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.