އިޒްރޭލާ ދެކޮޅަށް އައިސީޖޭގައި ހިނގާ މައްސަލައަށް ރާއްޖޭން ވަންނަނީ

މި މައްސަލައިގައި ރާއްޖެއިން ބައިވެރިވާން ނިންމާފައި ވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ބައިވެރިވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އިޒްރޭލާ ދެކޮޅަށް އައިސީޖޭގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭން ބައިވެރިވާ އެޖެންޓްގެ ގޮތުގައި ވަނީ ހަމަޖައްސާފައި --

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ބައިވެރިވާން ރާއްޖޭން ނިންމައިފި އެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަމަލުތަކަކީ ގަތުލު އާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއް ކަން ސާބިތު ކުރުމަށް އައިސީޖޭއަށް މައްސަލަ ހުށައެޅީ ދެކުނު އެފްރިކާ އިންނެވެ. ވަރަށް ގިނަ ގައުމުތަކުގެ ތާއީދު އެ ހުށައެޅުމަށް ލިބުނެވެ.

މި މައްސަލައިގައި ރާއްޖެއިން ބައިވެރިވާން ނިންމާފައި ވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ބައިވެރިވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އައިސީޖޭގައި އޮތް މައްސަލައިގައި ރާއްޖެއިން ބައިވެރިވާން ނިންމާފައިވާއިރު، އެ ކޯޓުން ދާދިފަހުން ވަނީ މި މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި، އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ކުށްތަކެއްކަން ފާހަގަ ކޮށްފައިވެ އެވެ. އެކުށްތައް ތަކުރާރު ކުރުން ހުއްޓުލާ، ފަލަސްތީނަށް އެހީގެ މަގު ތަނަވަސް ކޮށްދޭން ވެސް ވަނީ އަމުރުކޮށްފަ އެވެ،

އައިސީޖޭގެ ނިންމުނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވެސް ދަންނަވާފަ އެވެ. އަދި އިޒްރޭލްގެ ޖަރީމާތަައް ވަގުތުން ހުއްޓާލައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލެއްވި އެވެ. ފަލަަސްތީނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބެން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.