ޖޭޕީގެ ޓިކެޓަށް 25 މީހަކު އެދިއްޖެ، ޓިކެޓް ދޭނެ މީހުން ކަނޑައަޅަނީ

ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ގާސިމް ވާދަ ކުރައްވާނެ އެވެ. އޭނާ ވާދަ ކުރައްވަނީ މިހާރު ވެސް ފުރުއްވާ މާމިގިލީ ދާއިރާގެ ގޮނޑި އަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުނޫޒަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި ވާދަކުުރުމަށް 25 މީހަކު ހުށައަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިއަދުގެ ބައްދަލްވުމުގައި މަޝްވަރާ ކޮށްފައި ވަނީ މަޖިލީސް އިންތިހާބަށް ކެންޑިޑޭޓުން ނެރުމާއި ގުޅޭގޮތުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓަށް އެދި 25 މީހަކު ހުށައަޅާފައިވާ ކަމަށާ އެ ހުށައެޅުންތަކާ މެދު ގޮތް ނިންމަން ހަތް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ފުރުސަތު ދޭނީ ކޮމެޓީން ގަބޫލުކުރާ މެންބަރުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެދިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ޓިކެޓް ދިނުން ލާޒިމެއް ވެސް ނޫން،"

ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ގާސިމް ވާދަ ކުރައްވާނެ އެވެ. އޭނާ ވާދަ ކުރައްވަނީ މިހާރު ވެސް ފުރުއްވާ މާމިގިލީ ދާއިރާގެ ގޮނޑި އަށެވެ. ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް މަޖިލީހަށް ވާދަ ކުރަން ވަނީ ނިންމާފައެވެ. އޭނާ ވާދަ ކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާ އަށެވެ.

ނަހުލާ ވަނީ އެ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓަކު ނުނެރި އޭނާއަށް އެ ދެ ޕާޓީގެ ތާއީދު ލިބޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އިއްޔެ އޮތް ޕްރައިމަރީ ގައި ހުޅުމާލެ ދެކުނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކު ކަނޑައަޅާފައެވެ. ނަހުލާއަށް އެ ފުރުސަތު ނުދެއްވި ނަަމަވެސް އެ ކޯލިޝަނުން ވަނީ ގާސިމްގެ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެން ނިންމާފައެވެ.

މިދިޔަ ރިޔާސީ އިންތިހާބު ގައި ގާސިމްގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރެއްވި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ މަޖިލީހަށް ވާދަ ކުރައްވަން ނިންމަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.