މުޒާހަރާ ގްރީން ޒޯނުގައި، މި ދަނީ ފިޔަވަޅު އަޅަމުން: ފުލުހުން

ފުލުހުން ދެންމެ ބުނީ ގްރީން ޒޯން ގައި މުޒާހަރާ ކުރަމުންދާތީ އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ސަރުުކާރުގެ ވެރީންނާއި ސަޕޯޓަރުން މަޖިލީސް ދޮށުގައި އިހުތިޖާޖު ކުރަނީ

ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާ ސަރުކާރުގެ ބައެއް އިސްވެރީންނާއި އާންމުން ކުރަމުންދާ މުޒާހަރާ ހިނގަނީ ގްރީން ޒޯނެއް ގައި ކަމަށް ވާތީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުުހުން ބުނެފި އެވެ.

މަޖިލީސް ހިމެނޭ ސަރަހައްދަކީ ގްރީން ޒޯން ގައި ހިމެނޭ ސަރަހައްދެކެވެ. ގްރީން ޒޯން ގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ.

ފުލުހުން ދެންމެ ބުނީ ގްރީން ޒޯން ގައި މުޒާހަރާ ކުރަމުންދާތީ އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ބައެއް ވަޒީރުންްނަށް ރުހުން ނުދޭން ނިންމުމުން މަޖިލީސް ފެށޭ ވަގުތާއި ދިމާކޮށް ޕީޕީއެމް/ޕީއެންސީން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މުޒާހަރާ ގައި ފުރަތަމަ އިސްކޮށް ތިއްބެވީ ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރު ގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނެވެ.

ސަރުުކާރުގެ ވެރީންނާއި ސަޕޯޓަރުން މަޖިލީސް ދޮށުގައި އިހުތިޖާޖު ކުރަނީ

ނަމަވެސް ފަހުން އާންމުންގެ ގިނަ ބަޔަކު މުޒާހަރާއާ ގުޅި މުޒާހަރާ ވަނީ ވަރުގަދަ ކޮށްފައެވެ.

ފުލުހުން މިހާރު ވަނީ ޝީލްޑްތަކާ އެކު އެ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިން ފަަހަތަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ނުހިނގިޔަސް މިއީ މުޒާހަރާ ކުރުން މަނާ ސަރަހައްދެއް ކަމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ދަނީ އަންގަމުންނެވެ.

މުޒާހަރާ މިވަގުތު ލީޑު ކުރަނީ ޒުވާނުންގެ ބައެކެވެ. އެ މީހުން ދަނީ ވަޒީރުންނަށް ރުހުން ދިނުމަށާއި ސަރުކާރު ހިންގުމަށް ހުރަސް ނޭޅުމަށް ގޮވާލަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި އެމްޑީޕީގެ މެންބަރުންނަށް ފާޑުކިޔާ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.