"ރުހުން ނުދީފިނަމަ އަލުން އެ ވަޒީރުން އައްޔަނުކުރެވޭނެ"

"މިއަދު ރުހުން ނުދީ ދޫކޮށްލާއިރަށް މިއަދު ހަމަ އެމީހުން އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަނު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތާކުން،"

މިއަދު އޮތް ނޫސްވެެރީންގެ ބައްދަލްވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީފިނަމަ، އަލުން އެ ވަޒީރުން އައްޔަނު ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާ މަޖިލީހަށް ސަރުކާރު ނުހުއްޓުވޭނެ ކަމަށް ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާގެ ބަހުސް ހެނދުނު ނިންމާލުމަށްފަހު 1:30 ގައި ވޯޓް ނަގަން ހަމަޖެއްސި އެވެ. އެކަމަކު އިދިކޮޅު މެމްބަރުންނަށް ތަޅުމަށް ނުވަދެވޭނެހެން ސަރުކާރު މެމްބަރުން ވަނީ ދޮރުތައް ތަޅުލާފަ އެވެ.

އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އަބްދުއްރަހީމް މިއަދު ވިދާޅުވީ އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައިގެން ކުޅުއްވާ ކުޅިވަރެއް ކަމަށެވެ. ނަމަވެސް، މި ދައުރު ނިމުމާއެކު ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބި، އެ ބާރު ކެނޑިގެންދާނެ ކަމަށެވެ.
 
"މިއަދު ރުހުން ނުދީ ދޫކޮށްލާއިރަށް މިއަދު ހަމަ އެމީހުން އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަނު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތާކުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވެފައި ވަނީ މަޖިލީސް ކުރިމަތީގައި ސަރުކާރުގެ ނައިބް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރު ހިމެނޭހެން ކުރަމުންދާ މުޒާހަރާއަށް ވަޑައިގެންނެވެ. މިވަގުތު އެ މުޒާހަރާ ކުރިއަށް ގެންދަނީ ހުރިހާ ވަޒީރުންނަށް އަވަހަށް ރުހުން ދޭން ގޮވާލަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިސްތިއުފާއަށް ވެސް ދަނީ ގޮވައިލަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ހަ ވަޒީރަކަށް ރުހުން ނުދޭން ވަނީ ނިންމައިފަ އެވެ. އެއީ؛

  •  އާދަމް ޝަރީފް އުމަރު - ލޯކަލް ގަވާމަންޓް މިނިސްޓަރު
  •  އިބްރާހިމް ފައިސަލް - ޓޫރިޒަމް މިނިސްޓަރު
  •  ޑރ. އަލީ ހައިދަރު - ހައުސިން މިނިސްޓަރު
  •  ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - އިސްލާމިކް މިނިސްޓަރު
  •  މޫސާ ޒަމީރު - ފޮރިން މިނިސްޓަރު
  •  އަހްމަދު އުޝާމް - ބަންޑާރަ ނާއިބު

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.