އެމްއެމްއޭގެ ސާވޭގައި އާއްމުންގެ އަތްމަތި ދަތިވުމުގެ ނިޝާން

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމުގެ މައިގަނޑު އެއް ސަބަބަކީ ޖައްސަ ޖައްސައިގެން ތިން އަހަރު ފައިސާ ޗާޕު ކުރުމެވެ. މިހާރު ރާއްޖޭގެ އިކޮނޮމީގައި އިތުރަށް އަށް ބިލިއަން ރުފިޔާ ހުންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ފިހާރައެއްގައި ވިއްކަން ހުރި މޭވާ ތަކެއް : ގިނަ ބާވަތްތަކުގެ އަގު ހުރީ މަތީގަ

މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި އާއްމު މުދާ ވިއްކުމުގެ ވިޔަފާރި ނުވަތަ ހޯލްސޭލް / ރީޓެއިލް ޓްރޭޑް ބޮޑު ތަނުން ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ސާވޭއިން ދައްކައިފި އެވެ. 

އޭގެ މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ؟ އަދި އެކަމުން ދައްކުވައި ދެނީ ކޮން ކަމެއް ހެއްޔެވެ؟ 

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެންމެ ބޮޑު 136 ވިޔަފާރިއެއް މެދުވެރިކޮށް ކްއާޓަލީ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ކޮންސްޓްރަކްޝަން ސިނާއަތާއި ޓޫރިޒަމާއި އިމާރާތް ކުރުމުގެ ސިނާއަތުގެ އިތުރުން ޓޫރިޒަމް އެންޑް ކޮމިއުނިކޭޝަން ސެންޓަރުތައް މެދުވެރި ކޮށެވެ.

މި ސާވޭ ދައްކާ ގޮތުގައި މައިގަނޑު ހުރިހާ ސިނާއަތްތަކެއްގެ ވިޔަފާރިއަށް ކުރިއެރުން ލިބުނު ނަމަވެސް އާއްމު މީހާ ކޮންމެ ދުވަހަކު ވިޔަފާރި ކުރާ އަދި އާއްމުންނާ އެންމެ ގުޅުން ބޮޑު ހޯލްސޭލް / ރީޓެއިލް ވިޔަފާރި ބޮޑުތަނުން ދަށްވެފައިވާ ކަމަށް ދައްކަ އެވެ.

އާއްމުން ކޮންމެ ދުވަހަކު ވިޔަފާރި ބާޒާރު ކުރާ ބޮޑެތި ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި މުދާ ވިކޭ އަދަދު ވަނީ ބޮޑުތަނުން ދަަށްވެފަ އެވެ. އަދި މިއާއެކު މުދަލުގެ އަގުތައް ވެސް ވަނީ މަތި ވެގެން ގޮސްފަ އެވެ. ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި އެ މުއްދަތުގައި ބޮޑުތަނުން މުދަލުގެ އަގުތައް ވަނީ އުފުލިގެން ގޮސްފަ އެވެ. މި ކުއާޓަކަށް ބޮޑެތި ވިޔަފާރިތަކުން ލަފާ ކޮށްފައިވާ ގޮތުގައި އަގުތައް ދަށް ނުވި ނަމަވެސް ވިޔަފާރި ރަނގަޅު ވެގެން ދާނެ އެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދަށްވި ނަމަވެސް ޓޫރިޒަމް ސެކްޓަރުގެ ވިޔަފާރި ވަނީ އިތުރުވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމްގެ ޕީކް ސީޒަންގައި އޮތުމެވެ. 

ސަބަބު ފައިސާ ޗާޕު ކުރުމާ ގުޅިފައި

އާއްމުންގެ ޑެއިލީ ނީޑްސް ގުޅިފައިވާ އާއްމު މުދާ ވިކުން މަދުވުމުގެ ސަބަބަކީ މުދަލުގެ އަގު މަތިވުމެވެ. މުދަލުގެ އަގު މަތިވެގެން ގޮސްފައިވާ އެއް ސަބަބަކީ ޑޮލަރުގެ އަގު އުފުލުމާއެކު މުދަލުގެ އަގުތައް އުފުލުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިން ކުރިން ބުނެފައިވާ ގޮތުގައި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން މުދަލުގެ އަގު 10 ޕަސެންޓް ވަނީ އުފުލިފަ އެވެ. ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމުގެ މައިގަނޑު އެއް ސަބަބަކީ ޖައްސަ ޖައްސައިގެން ތިން އަހަރު ފައިސާ ޗާޕު ކުރުމެވެ. މިހާރު ރާއްޖޭގެ އިކޮނޮމީގައި އިތުރަށް އަށް ބިލިއަން ރުފިޔާ ހުންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.