މާލޭގައި ހަށިވިއްކަން އުޅުނު ވިއެޓްނާމް އަންހެނަކު ހައްޔަރުކޮށްފި

ހަށި ވިއްކާމީހުން ދޭތެރޭ ދޭތެރެއިން އަތުލައިގަނެ އެވެ. އެކަމަކު އެ ވިޔަފާރި މާލޭގައި މަދުވެގެނެއް ނުދެ އެވެ. އެއީ މާލޭގައި ފުޅާކޮށް ހިނގާ ވިޔަފާރިއެކެވެ.

ފުލުހުންގެ އިދާރާއަށް މީހަކު ވައްދަނީ: ވިއެޓްނާމް އަންހެނަކު މާލޭގައި ހަށި ވިއްކަނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: މިންނު އާދަމް ހަލީމް / މި ނޫސް

ވިއެޓްނާމް އަންހެނަކު މާލެ ތެރޭގައި އަގަށް ހަށި ވިއްކަމުން ދަނިކޮށް ހައްޔަރު ކޮށްފި އެވެ.

އުމުރުން 34 އަހަރުގެ އެ އަންހެން މީހާ ހައްޔަރު ކުރިއިރު، އޭނާ މާލޭގައި ކުއްޔަށް ހުރި ކޮޓަރިން ޖިންސީ އަމަލު ހިންގަން ބޭނުންކުރާ އާލާތާއި އެފަދަ އެހެން ވެސް ގިނަ ސާމާނު ފުލުހުންގެ ހިދުމަތުން ހޯދާފައިި އަތުލާފައި ވެއެވެ. 

އަދި އޭނާގެ އަތުން ގިނަ އަދަދަކަށް ފައިސާ ފެނިފައިވާއިރު، އެއީ ހަށިވިއްކައިގެން ހޯދި ފައިސާ ކަަމަށް އޭނާ ވެސް ވަނީ އިއުތިރާފެއް ވެސް ވެފަ އެވެ. 

އެ މީހާ ހައްޔަރަށް ނަގައި ކްރިމިިނަލް ކޯޓަށް ހާޒިރު ކުރުމުން މިހާރު ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ.

ހަށި ވިއްކާމީހުން ދޭތެރޭ ދޭތެރެއިން އަތުލައިގަނެ އެވެ. އެކަމަކު އެ ވިޔަފާރި މާލޭގައި މަދުވެގެނެއް ނުދެ އެވެ. އެއީ މާލޭގައި ފުޅާކޮށް ހިނގާ ވިޔަފާރިއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.