ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައްވާ އައިސީޖޭގެ ނިންމުމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިޒްރޭލްގެ ޖަރީމާތަައް ވަގުތުން ހުއްޓާލާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލެއްވި އެވެ. ފަލަަސްތީނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބެން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ގަތުލު އާންމެއްގެ ކަމަަށް ސިފަކޮށް ހަނގުރާމައިގެ އެ ޖަރީމާތައް ހުއްޓާލަން އަންގާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ވަގުތީ ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަމަލުތަކަކީ ގަތުލު އާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއް ކަން ސާބިތު ކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް މައްސަލަ ހުށައެޅީ ދެކުނު އެފްރިކާ އިންނެވެ. ވަރަށް ގިނަ ގައުމުތަކުގެ ތާއީދު އެ ހުށައެޅުމަށް ލިބުނެވެ.

އެ ހުށައެޅުމާ ގުޅިގެން ކޯޓުން މިއަދު ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ކުށްތަކެއްކަން ފާހަގަ ކޮށްފައިވެ އެވެ. އެކުށްތައް ތަކުރާރު ކުރުން ހުއްޓުލާ ފަލަސްތީނަށް އެހީގެ މަގު ތަނަވަސް ކޮށްދޭން ވެސް ވަނީ އަމުރުކޮށްފައެވެ،

އެ އަމުރުގައި އަމުރުގައިވާ ކަންކަން ތަންފީޒު ކުރުމަށް އިޒްރޭލުން ކުރާ ކަންކަން މަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް ތައްޔާރުކޮށް ހުށައެޅުމަށް ވެސް އަންގާފައިވެ އެވެ.

އައިސީޖޭގެ ނިންމުމާއެކު ރައީސް މުއިއްޒު ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިޒްރޭލްގެ ޖަރީމާތަައް ވަގުތުން ހުއްޓާލާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލެއްވި އެވެ. ފަލަަސްތީނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބެން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.

"ކޮންމެ އިންސާނެއްގެ ފުރާނައިގެ އަގެއް އޮންނާނެ. އެ ހައްގު [ކޮންމެ އިންސާނަކަށްމެ] ލިބެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ބޮމުގެ ހަމަލާތަކާއި ގެދޮރު ގެއްލުވާލުމާއި ނަސްލީ ތަފާތުކުރުންތަކުން ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.