ސަރުކާރު އައިއިރު ވިޔަފާރިތަކަށް ހަތް ބިލިއަނަށް ދަރާ، ދަރަނި 3.5 ބިލިއަނަށް ކުޑަކޮށްފި

ރައީސް ސޯލިހުގެ ސަރުކާރު ނިމުނުއިރު ގިނަ އަދަދެއްގެ ކުންފުނިތަކާއި މިނިސްޓްރީންތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އެތައް ބިލިއަން ރުފިޔައަކަށް އަރަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވާހަކަ ދައްކަވަނީ

މި ސަރުކާރު އައިއިރު އާއްމު ވިޔަފާރިވެރިންނަށް ހަތް ބިލިއަން ރުފިޔާ ދައްކަން ޖެހި ސަރުކާރު އޮތީ ދަރާފައި ކަމަށާ، އެ ދަރަނި 3.5 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމަށްޓަކައި ރަސްރަނި ބަގީޗާ ގައި މިރޭ ބޭއްވި "އަހާ" ފޯރަމް ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ނުދީ ސަރުކާރަށް ހަތް ބިލިއަން ރުފިޔާ އޮތް ކަމަށާ ނަމަވެސް އެ ފައިސާގެ ތެރޭން 3.5 ބިލިއަން ރުފިޔާއަށް ކުޑަ ކުރެވިފައިވާ ކަމަށެވެ.

"ސަޕްލިމެންޓްރީ ބަޖެޓުވެސް ހިމެނައިގެން ހަތް ބިލިއަން ހުރި ވެރިކަމަށް އައިއިރު. ބިލުތައް ނުދައްކާ ހުރި. ތިޔަ ބޭފުޅުން ވިޔަފާރި ކުރައްވަނީ ދައުލަތް ދަރާ އޮތް ހަތް ބިލިއަން ރުފިޔާ. އެއި ކުދި ވިޔަފާރިތަކަށް. ދެ އަހަރާއި ދުވަސްކޮޅެއް މިވީ އަދި،" ސައީދު ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި ކުންފުނިތަކުން އެކި ފަރާތްތަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. މި ފައިސާގެ ތެރޭން އެންމެ ބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން އެވެ. އެ ކުންފުނިން އަމިއްލަ ވިޔަފާރިވެރިންނަށް ދަރާފައިވާ އަދަދު ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ. 

ރާއްޖޭގެ މިހާރުގެ ދަރަނީގެ ހާލަތު ހުރި ގޮތް

ސަރުކާރު ޕްރައިވެޓް ސެކްޓަރަށް ބޮޑު އަދަދުތަކުން ދަރާފައިވާއިިރު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 114 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މީގެތެރޭގައި ހިމެނޭ ބޭރުގެ ދަރަނީގެ މިންވަރަކީ 50 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި 49 ބިލިއަން ރުފިޔާގައި ހުރިއިރު އެސްއޯއީތަކުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.