ސައުުދީގެ ނިންމުމެއް: ރައުލާއަށް ވަދެވޭނީ ކޮންމެ މީހަކަށްވެސް އަހަރަކު އެއް ފަހަރު

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް 280 މިލިއަނަށް ވުރެ ގިނަ މީހުން ރަސޫލާގެ މިސްކިތްކޮޅު ގައި ނަމާދު ކޮށްފައިވެއެވެ.

މަސްޖިދު އަލް ނަބަވީގައިވާ ރައުލާއޭ ކިޔުނު ސަރަހައްދު: މި ބިންކޮޅަކީ ސުވަރުގޭގެ ބަގީޗާއެއް ކަމަށް ސައްހަ ހަދީސުން ސާބިތުވޭ

މަދީނާގެ ހުންނަ ނަބިއްޔާގެ މިސްކިތްކޮޅު -- މަސްޖިދު އަލް ނަބަވީގައިވާ ރައުލާ އަށް ކޮންމެ މީހަކަށް ވެސް ދެން ވަދެވޭނީ އަހަރަކު އެއް ފަހަރު ކަމަށް ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ރައުލާ އަކީ މަސްޖިދު ނަބަވީގައި ވާ ތަންކޮޅެކެވެ. އެއީ ކީރިތި ރަސޫލާގެ މެމްބަރުކޮޅާއި އައިޝަތުގެފާނުގެ ގަނޑުވަރުކޮޅާއި ދެމެދުގައިވާ ސަރަހައްދެވެ. އެ ބިންކޮޅަކީ ސުވަރުގޭގެ ބަގީޗާއެއް ކަމަށް ސައްހަ ހަދީސުން ސާބިތުވެ އެވެ.

ހައްޖާއި އުމްރާގެ އަޅުކަމަށް ސައުދީއަށް ޒިޔާރަތް ކުރާ އެތައް މިލިއަން މުސްލިމުންނެއް އެ ތަނުގައި ނަމާދު ކުރަން ދެ އެވެ. މީހުން ގިނަ ކަމުން އެތަނަށް މީހުން ވަންދަނީ ވަރަށް ބޮޑު އިންތިޒާމެއްގެ ދަށުންނެވެ. ކޮންމެ ބަޔަކަށް ނަމާދު ކުރުމަށް ދެނީ ކުޑަ ވަގުތުކޮޅެކެވެ. ފަރުލު ނަމާދާކާ ދިމާވާ ގޮތަށް ރައުލާއަށް ވަދެވިއްޖެނަމަ ގިނަ އިރު މަޑު ކުރުމުގެ ފުުރުސަތު ލިބެ އެވެ.

މަސްޖިދު އަލް ނަބަވީގައިވާ ރައުލާއޭ ކިޔުނު ސަރަހައްދު: މި ބިންކޮޅަކީ ސުވަރުގޭގެ ބަގީޗާއެއް ކަމަށް ސައްހަ ހަދީސުން ސާބިތުވޭ

ހެނދުނުން ފެށިގެން ގޮސް ރޭގަނޑުގެ ވަރަށް ލަސްވުމާއި ހަމައަށް ރައުލާއަށް ޒިޔާރަތް ކުރާ މީހުންނައިގެން އެ ސަރަހައްދު އޮންނަނީ ފުރިފައެވެ.

ސައުދީގެ ކަމާގުޅޭ އިދާރާތަކުން ބުނީ މި ބަދަލަކީ ރައުލާއަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވުމާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ރައުލާއަށް ޒިޔާރަތްކޮށް ނަމާދު ކުރުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުން ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް 280 މިލިއަނަށް ވުރެ ގިނަ މީހުން ރަސޫލާގެ މިސްކިތްކޮޅު ގައި ނަމާދު ކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.