ފުލުހުން ވަނީ ރާމިޒާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ އެ މައުލޫމާތު ހިއްސާކޮށް ދިނުމަށެވެ.
ފުލުހުންގެ ހިދުމަތުން ބުނީ ގެއްލިގެން ހޯދަނީ ދ. މީދޫ، ދުނބުރިމާގޭ މަރިޔަމް ރާމިޒާ، 36، ކަމަށާއި ގެއްލުނު އިރު އޭނާ ދިރިއުޅެމުން އަންނަނީ ވ. ލަކީސްޕޮޓް ގައި ކަމަށެވެ. ރާމިޒާ ހޯދަމުން އަންނަނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.
ފުލުހުން ވަނީ ރާމިޒާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ އެ މައުލޫމާތު ހިއްސާކޮށް ދިނުމަށެވެ.