މާފަންނު ޕޮލިސް އިމާރާތުގެ ޕެނަލް ބޯޑުގެ ނަރުތައް ގެންދަނިކޮށް ހައްޔަރުކޮށްފި

މި އިމާރާތަކީ ކޯޓުގެ ބައެއްވެސް ހުރެ އެވެ. މިތަނުގައި ފުލުހުންގެ އެކޮމޮޑޭޝަނެއް ހުންނަނީ މަތީގަ އެވެ. މިތަނުގައި 30 އަކަށް ފުލުހުންގެ އެކޮމޮޑޭޝަން ހުރެ އެވެ.

އެސްޓީއޯ ކުރީގެ ހޯމް އިމްޕްރޫވްމަންޓް ކައިރީގައި ހުންނަ ފުލުހުން ތިބޭ އިމާރާތް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކުރިން ހިންގި އިމާރާތް ކައިރީގައި ހުންނަ ކުރީގެ މާފަންނު ޕޮލިސް އިމާރާތުގެ ތިރީގައި ޕެނަލް ބޯޑުގެ ނަރުތައް ކޮށާލައިގެން ފިލަން އުޅުނު ވަގަކު ހައްޔަރުކޮށްފި އެވެ. 

މިތަނުގައި ހުންނަނީ ފުލުހުންގެ އެކި ވަޒީފާތަކަށް ރާއްޖެ އައިސް މަސައްކަތް ކުރާ ބިދޭސީން ތިބޭ ތަނަކާއި ކޯޓުގެ ބައެއްގެ އިތުރުން ފުލުހުންގެ އެކޮމޮޑޭޝަނެކެވެ. މި އިމާރާތުންގެ ތިރީގައި ހުންނަ ޕެނަލް ބޯޑުގެ ނަރުތައް ކޮށާލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މިކަން އެނގުނީ އެ އިމާރާތުން ކަރަންޓު ދިނުމުން ބެލިބެލުމުން އެކަން ކުރި މީހާ ޕެނަލް ބޯޑުގެ ތެރޭގައި އޮއްވަ އެވެ. އޭނާ އަތުލައި ގަތްއިރު ޕެނަލް ބޯޑުން ކޮށާލި ލޯނަރުތައް ވިއްކަ ގެންދަން ހުރީ ދަބަހަށް އަޅާފަ އެވެ. 

މި ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ތިބި 30 އަކަށް ފުލުހުން ރޭގެ ވަގުތެއް ހޭދަކޮށްފައިވަނީ ކަރަންޓު ނެތި އެވެ. މިކަމުގެ ސަބަބުން އެތަނުގައި ތިބި ބައެއް ފުލުހުން ވަނީ ޝަކުވާކޮށްފަ އެވެ. 

ސްޓެލްކޯއިން ބުނީ އެ އިމާރާތުން ކަރަންޓު ކަނޑިފައިވަނީ ޕެނަލް ބޯޑުގެ މައްސަލައެއްގެ ސަބަބުން ކަމަށާ، އެތަނަށް ކަރަންޓު ދެވޭނީ އެ ޕެނަލް ބޯޑު ހެދުމުން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.