އެކްސިޑެންޓެއްގައި ލަންކާގެ ސްޓޭޓް މިނިސްޓަރަކު އަވަހާރަވެއްޖެ

ސަނަތު ނިޝަންތާއާއެކު އޭނާގެ ސަލާމަތީ އެހީތެރިއަކަށް އިންނެވި ފުލުހަކުވެސް ވަނީ އެ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކުގައި މަރުވެފަ އެވެ.

ސަނަތު ނިޝަންތާ އަދި އޭނާ ދުއްވި ޖީޕް އެކްސިޑެންޓްވެފައި

ރާއްޖެއާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ސަނަތު ނިޝަންތާ، ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ އެވެ. 

ލަންކާގެ "ޑެއިލީ މިރާ" ނޫހުން މިއަދު ބުނެފައިވާ ގޮތުގައި ސަނަތު ނިޝަންތާ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައި ކަޓުނަޔަކެ އެކްސްޕްރެސްވޭގެ މަތީން ޖީޕެއްގައި ދަތުރު ކުރައްވަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަަނިޔާވުމަށް ފަހުގައި ކަމަށެވެ.

އެކްސިޑެންޓް ހިނގީ ރޭ ދަންވަރު ގާތްގަނޑަކަށް 2:00 ޖެހި އިރު އެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސަނަތު ކޮލަމްބޯއަށް ދަތުރު ކުރެއްވި ވެހިކަލް ކޮންޓެއިނަރު ޓްރަކެއްގެ ފަހަތު ކޮޅުގައި ޖެހިގެނެވެ. މި އެކްސިޑެންޓްގައި ސަނަތު އަވަހާރަވީ ލިބި ވަޑައިގަތް ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. 

އޭނާއާކު ސަލާމަތީ އެހީތެރިއަކަށް އިންނެވި ފުލުހަކު ވެސް ލިބުނު އަނިޔާތަކުގައި މަރުވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.