ނޮވެބަރުގެ ނިޔަލަށް ގްރީން ޓެކުހުން ބައި ބިލިއަން ނެގި

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއިން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 24 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރާއްޖެ އައި ޓޫރިސްޓުން ތަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުން ސަރުކާރުން މަޝްރޫއު ހިންގަން ބައި ބިލިއަން ރުފިޔާ ވަނީ ނަގާ އެކި ކަންކަމަށް ހަރަދު ކޮށްފަ އެވެ. 

ގްރީން ޓެކުހުގެ ރުފިޔާ ޖަމާކުރާ ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުން ބައި ބިލިއަން ރުފިޔާ ނުވަތަ 517,6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.  މި މުއްދަތުގައި ގްރީން ފަންޑަށް ލިބިފައިވަނީ 917 މިލިއަން ރުފިޔާ އެވެ. މި ފަންޑުގެ ބެލެންސުގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ހުރީ 1.1 ބިލިއަން ރުފިޔާ އެވެ. 

މި ފައިސާ ހަރަދު ކުރި ގޮތް - ނޮވެމްބަރު މަސް އެކަނި ބަލާނަމަ ގްރީން ޓެކުސް ޖަމާވާ ފަންޑުން 24 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ އައްޑޫ ސިޓީގެ ރީޖަނަލް ވޭސްޓް މެނޭޖުމަންޓް ސެންޓަރަށެވެ. އެ ސެންޓަރަކަށް 7.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. 

ގްރީން ޓެކުސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.