ރާއްޖޭގެ ބިއޯންޑް އެއާލައިންގައި ރޮނާލްޑޯގެ އަންހެނުން

މި އެއާލައިންއަކީ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން އެވެ. ކޮންމެ ޝީޓަކީ ބިޒްނަސް ލައުންޖެކެވެ.

ޖޯޖިއާނާ ރޮޑްރިގޭސް ރާއްޖޭގެ ސިމްޑީ އެއާލައިންގައި -- އޭވިއޭޓާ

ސިމްޑީގެ ލަގްޒަރީ އެއާލައިން ފްލައި ބިއޯންޑްއަކީ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިނެވެ؛ ދުނިޔޭގައި "ބިއޯންޑް" މަޝްހޫރުވެފައި ވަނީ މިގޮތަށެވެ. މިހާރު މަޝްހޫރުކަން އިތުރުވެގެން ގޮސްފައި ވަނީ މިވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަންހެނުން ޖޯޖިއާނާ ރޮޑްރިގޭސް މި އެއާލައިނުން ދަތުރު ކުރުމުންނެވެ. 

ސައޫދީ ޕްރޯ ލީގުގައި ކުޅެމުންދާ ރޮނާލްޑޯގެ އަންހެނުން ވަނީ ޖޯޖިއާނާ ރޮޑްރިގޭސް ވަނީ ބިއޯންޑް އެއާލައިންގައި ހުންނަ ފޮޓޯއެއް އާއްމު ކޮށްފަ އެވެ. މި ފޮޓޯގައި ފެންނަނީ އޭނާގެ ހާއްސަ ފެންސީ ބޫޓަށް އަރައިގެން އެއާލައިންގެ ޝީޓްމަތީގައި ހަމަޖެހިލައިގެން އޮންނަ ތަނެވެ. 

މި އެއާލައިންއަކީ 68 ބިޒްނަސް ލައުންޖު ހިމެނޭ އެއާލައިނެކެވެ. މީގެ ކޮންމެ ގޮނޑިއެއް ވެސް ފަރުމާކޮށްފައި ވަނީ ވަކި ލައުންޖެއްގެ ގޮތުގަ އެވެ.

ސިމްޑީގެ މި އެއާލައިން ރަޖިސްޓްރީ ކޮށްފައި ވަނީ ރާއްޖޭގަ އެވެ. ސިމްޑީން "ބިއޯންޑް" ފެށުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބިއޯންޑް ސިމްޑީ އިންވެސްޓްމަންޓުގެ އިސްވެރިޔާ ނުވަތަ މެނޭޖިން ޑިރެކްޓަރަކަށް އިންނަވަނީ ސިމްޑީ ޑީޑީގެ ދަރިކަލުން، މިޝާލް އިބްރާހިމް ދީދީ އެވެ. ދެން ތިއްބަވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު އާއި މި އެއާލައިންގެ ސީއީއޯ ޓީރޯ ޓަސްކިލާ އަދި ސިމްޑީ، ޑީޑީގެ ދަރިކަނބަލުން އިބްތިސާމް އިބްރާހިމް މުހައްމަދު ދީދީ އާއި އިތުރު ބޭރު މީހެކެވެ.

ކޮމެންޓް

1
450
ަޝަހުމް
3 months ago

ހެހެހެހެ ތި އޭނަ އަންހެނުންނެއް ނޫނޭ..

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.