ހަނގުރާމަ ހުއްޓަން ގޮވާލާ ބައިޑަންގެ ރެލީއަކަށް ހުރަސް އަޅައިފި

އެމެރިކާގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހު އޮންނާނެ އެވެ. މި އިންތިހާބުގައި ދެވަނަ ދައުރަކަށް ހޮވި ވަޑައިގަތުމަށް ރައީސް ބައިޑަން ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު ބައިޑަން ތާއީދު އެމެރިކާގައި ވަރަށް ބޮޑަށް ވެއްޓިފައި ވެއެވެ.

ރައީސް ބައިޑައިން ކެމްނަށް ހުރަސް އެޅި މީހުން ފަލަސްތީނުގެ ދިދައާއެކު

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކެމްޕޭން ރެލީއަކަށް ވާޖީނިއާގައި ބަޔަކު ހުރަސް އަޅައިފި އެވެ. 

އެ ރެލީއަށް ހުރަސް އަޅާފައި ވަނީ އިޒުރޭލުން ފަލަސްތީނުގެ ގާޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ގޮވާލަމުންނެވެ. އެ މީނުން  ބުނެފައިވާ ގޮތުގައި އިޒްރޭލަށް ހިތްވަރު ލިބެނީ ބަައިޑައިން ސަރުކާރުގެ މަދަދުން ކަމަށެވެ. އެހެން ވެގެން ގިނަ ބައެއް އެކު ވެގެން ވަނީ ބައިޑަންގެ ވާޖީނިއާ ތަގުރީރަށް ހުރަސް އަޅާފަ އެވެ. 

ބައިޑަންއަށް ނިސްބަތްކޮށް އަޑުގަދަ ކުރި މީހުން ގޮވީ އިޒުރޭލުގެ ގަތުލު އާންމުތަކަށް ފަންޑު ކުރުން ހުއްޓާލުމަށާއި އިޒްރޭލުގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން އެމެރިކާއިން އެންގުމަށެވެ. އޭގެ ތެރެއން ބައެއް މީހުން ވަނީ ބައިޑަންއަކީ ގާތިލެއް ކަމަށް ވެސް ސިފަކޮށްފަ އެވެ.

ކެމްޕޭނުގައި ވާޖީނިއާގެ އެހެން ސަރަހައްދަކަށް ވަޑައިގަތުމުން ބަޔަކު އެއްވެ ބައިޑަން އާއި މެދު ނުރުހުން ފާޅު ކުރި އެވެ. އެވެސް ފަލަސްތީނުގެ މައްސަލާގަ އެވެ. 

އެމެރިކާގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހު އޮންނާނެ އެވެ. މި އިންތިހާބުގައި ދެވަނަ ދައުރަކަށް ހޮވި ވަޑައިގަތުމަށް ރައީސް ބައިޑަން ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު ބައިޑަން ތާއީދު އެމެރިކާގައި ވަރަށް ބޮޑަށް ވެއްޓިފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.