ތާރީހު

ކަޅުއޮށްފުންމި މާލެ ގެނެސް ދާރުލްއާސާރުގެ ސަރަހައްދަށް

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާނީ ރަސްމިއްޔާތަކާއެކު އެވެ.

ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން ފަށައިފި އެވެ. 

މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެންނަނީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަލިރަސްގެފާނު ޝަހީދު ކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަން ކުރަން އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅުގެ ނަކަލެކެވެ. 

ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު ބޮޑުތަކުރުފާނު ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބޭއްވުމަށެވެ. އެކަން ކުރަނީ ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބެހެއްޓުމަށް ތިން ސަރަހައްދެއްގެ ސާވޭ ކުރުމަށް ފަހު އެވެ.

ކަޅުއޮށްފުންމީގެ ނަކަލު ބަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. އެ ނަކަލު ބަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައޫލޫމާތު، ފަންނީ ޓީމަކުން ދިރާސާ ކުރުމަށް ފަހު އެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެ އެވެ. އަލަށް ބަތން ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާ ރަށަށް އެހެލާފަ އެވެ.

މަޝްރޫއުގައު ކުރާނެ ބައެއް ކަންކަން

  •  މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލު ކުރުން
  •  ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުން
  •  އޮޑިހަރުގެ އެޅުން
  •  ކަޅުއޮށްފުންމި ބަލާލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުން

މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރާއިރު އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް އަމަލު ކުރާނެ ގޮތެއް ހަމަޖައްސާނެ އެވެ. އަދި ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާނީ ރަސްމިއްޔާތަކާއެކު އެވެ. މަސައްކަތްތައް ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭ ނިންމާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.