ވިލިމާލޭގައި 500 ހައުސިން ޔުނިޓް އަޅަނީ

އެއީ މޭޔަރު ކަމުގައި ހުންނަވާ ކުރައްވަން ބޭނުންފުޅުވީ ކަމެއް ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބި އެ މަސައްކަތް ނުކުރެވުނީ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިލިމާލެ

ވިލިމާލޭގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީގެ އާ މޭޔަރާއި ތިން ދާއިރާއަކަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ އިސްކަން އޮތް މައްސަލަ ކަމަށެވެ.

އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށްދާއިރު މާލެ އާއި ވިލިމާލޭ ގައި އިތުރު ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ވިލިމާލޭގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އެއީ މޭޔަރު ކަމުގައި ހުންނަވާ ކުރައްވަން ބޭނުންފުޅުވީ ކަމެއް ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބި އެ މަސައްކަތް ނުކުރެވުނީ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިނަމާލެއާ މާލެހިޔާގެ އެންމެނަށް ފުދޭނެ ޓަވަރެއް

ރައީސް މިރޭ ވިދާޅުވީ ސިނަމާލެ ސަރަހައްދު ގައި ހުރި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އެކަަށީގެންވާ އިމާރާތެއް އެ ސަރަހައްދުގައި އަޅުއްވާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް އޭޕްރީލް މަހު ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އެ އިޝާރާތް ކުރައްވަނީ  ސިނަމާލެ ފްލެޓްތަކާއި މާލެ ހިޔާ ފްލެޓްތަކެވެ.

"އެ އިމާރާތް އަޅާ ނިމުނީމަ މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ ޖާގަ ބޮޑު ފްލެޓްތަކެއް ލިބިގެންދާނީ. ލިބިގެން ދިޔައީމަ އެ ފަސް އިމާރާތް ބާވެފައި ހުރީމަ އެތަންތަން ތަޅާލެވި އާ އިމާރާތްތައް އެޅިގެން ދާނެ. އެ މަޝްރޫއު ވެސް އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ސިނަމާލެ ފްލެޓްތަކާއި މާލެ ހިޔާ ފްލެޓްތައް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އެއީ ރައީސް މައުމޫންގެ ސަރުކާރު ގައި ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައިވާ ޓަވަރުތަކެކެވެ. މާލެ ހިޔާ ފްލެޓްތަކަކީ ޗައިނާގެ ހިލޭ އެހީގައި އަޅާފައިވާ ތަންތަނެވެ.

އެ ތަންތަން ބާވެފައި ހުރުމުން އެ އިމާރާތްތައް ތަޅާލާ އާ އިމާރާތްތަކެއް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މޭޔަރު ކަމުގައި ހުންނަވާ އެ މަސައްކަތް ކުރައްވަން ވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭރު އޮތް ރައީސް ސޯލިހްގެ ސަރުކާރުގެ އެއްްބާރުލުން ނުލިބި އެ މަސައްކަތް ކުރެވޭ ގޮތް ނުވީ އެވެ.

ކޮމެންޓް

1
450
ފައިސަލް
3 months ago

ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް. އަޅުގަނޑުމެން މިއުޅެނީ ވަރަށް ހާލުގަ. އިމާރާތް ބާވުމުގެ ސަބަބުން ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތި ވޭ، ތެދަށްބުނަނީ ނަމަ މިއީ މިހާރު މީހުން ދިރިއުޅެން ހެޔޮވާވަރު ތަނެއް ނޫން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.