އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަތޮޅު ކައުންސިލަށް ދެއްވަން ރައީސް ވައުދުވެއްޖެ

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ގަވާއިދުން ކައުންސިލުންތަކަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ކަމުގައި ހުންނަވާ ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަތޮޅު ފިހާރައަކަށް މީހަކު ފިޔާބަސްތާއެއް ބޮލު ޖަހައިގެން ގެންދަނީ

މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ ފިހާރައެއް ނިސްބަތްވާ އަތޮޅަކަށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ. ކުރީގެ ދެ ސަރުކާރުން ވެސް އެކި ފަހަރު މަތީން އެ ފައިސާ ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ގަވާއިދުން އެ ފައިސާ ފޯރުކޮށްދެވިފައެއް ނުވެ އެވެ.

މާލެ ސިޓީގެ އާ މޭޔަރާއި ތިން ދާއިރާއަކަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް ކޮށްދޭން ބޭނުންވާ ކަމެއް ކަމަށެވެ.

އެގޮތުން އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަން ކުރައްވާނީ ދެ ފުށްފެންނަ އުސޫލެއްގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ ސިޓީގެ އާ މޭޔަރާއި ތިން ދާއިރާއަކަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައި ރައީސް ވާހަކަފުޅު ދައްކަވަނީ

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ގަވާއިދުން ކައުންސިލުންތަކަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ކަމުގައި ހުންނަވާ ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރު ގައި 2014 ވަނަ އަހަރު ވަނީ މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ފައިސާ އިން ބައެއް އަތޮޅުތަކާއި ހަވާލުކޮށްފައެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރު ގައި 2019 ވަނަ އަހަރު ވެސް އަތޮޅު ފިހާރަތަކުގެ ފައިސާ އިން ބައެއް އަތޮޅުތަކާއި ހަވާލުކުރި އެވެ. އެ ފަހަރު 12 މިލިއަން ރުފިޔާ ހަވާލު ކުރި އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ވެސް 38.4 މިލިއަން ރުފިޔާ އަތޮޅު ކައުންސިލް ތަކުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ. އެގޮތުން 2016 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ލިބުނު އާމްދަނީގެ ގޮތުގައި 17.9 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 20.5 މިލިއަން ރުފިޔާ 20 އަތޮޅުގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.