ދެ ގައިދީން ކައިވެނި ކުރުން ވަގުތީ ގޮތުން މަނާ ކުރެވިދާނެ: ފަތުވާ ކައުންސިލް

ދެ ގައިދީން ކަައިވެނި ކުރުން ވަގުތީ ގޮތުން މަނާ ކުރުމަށްޓަކައި އިސްލާމީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގަވާއިދެއް ހެދުމަކީ އިސްލާމީ ޝަރީއަތާއި ފުށު އަރާ ކަމެއް ނޫން ކަމަށެވެ.

ގައިދީންތަކެއް ޑޮކްޓަރަށް ގެންދަނީ --

ދެ ގައިދީން ކަައިވެނި ކުރުން ވަގުތީ ގޮތުން މަނާ ކުރުމަށްޓަކައި އިސްލާމީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގަވާއިދެއް ހެދުމަކީ އިސްލާމީ ޝަރީއަތާއި ފުށު އަރާ ކަމެއް ނޫން ކަމަށް ފަތުވާ ކައުންސިލުން ނިންމާފައިވާ ނިންމުމެއް އަލުން ހަނދާންކޮށްދީފި އެވެ.

މިއީ 2014 ވަަނަ އަހަރު ފަތުވާ ކައުންސިލުން ނެރެފައިވާ ފަތުވާ އެކެވެ. ޖަލުގައި ބަންދު ކޮށްފައި ތިބޭ ގައިދީން ކައިވެނި ކުރުމާއި ގުޅޭގޮތުން ނެރެފައިވާ ފަތުވާ ގައިވާ ގޮތުން މިނިވަން ފަރުދުންނަށް ލިބިފައިވާ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތައް ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ވަގުތީ ގޮތުުން މަހުރޫމް ކުރުމަކީ ޝަރުއީ މަސްލަހަތާ ފުށު އަރާ ކަމެއް ނޫން ކަމަށެވެ.

ޖަލުތައް ހެދިފައި ހުންނަނީ އަދި ޖަލުތަކުގެ ނިޒާމު ހަމަޖެހި ހިނގަމުން ދަނީ ކައިވެނިކޮށްގެން އުޅޭ ދެ ގައިދީންނަށް ލިބޭ ދަރީން ބެލެހެއްޓޭނެ އިންތިޒާމެއްގެ ދަށުން ކަމުގައި ނުވާތީ އެ ދެ ގައިދީން ކައިވެނި ކުރުމަކީ އިޖްތިމާއީ އިތުރު މައްސަލަތައް އުފެދިދާނެ ކަމެއް ކަމުން މި ހާލަތު ގައި ތިބި ދެ މީހުން ކުރާ ކައިވެނީގެ ތެރެއިން ދަރިއަކު ލިބިއްޖެނަމަ އެ ކުއްޖާގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ އިތުރު ތަކުލީފުތައްް ދައުލަތަށް ތަހަންމަލު ކުރަން ޖެހޭތަން ދިމާވާ ކަމަށެވެ.

"ވީމާ ދަރިންނަށް ލިބެން ޖެހޭ ތަރުބިއްޔަތާއި މައިންބަފައިންގެ ލޯބިން އެ ކުދީން މަހުރޫމްވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތްނަމަ މުޖްތަމައަށް ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ދެ ގައިދީން ކަައިވެނި ކުރުން ވަގުތީ ގޮތުން މަނާ ކުރުމަށްޓަކައި އިސްލާމީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގަވާއިދެއް ހެދުމަކީ އިސްލާމީ ޝަރީއަތާއި ފުށު އަރާ ކަމެއް ނޫން ކަމެއް ނޫނެވެ،" ޖަނަވަރީ 29، 2014 ގައި ނެރުނު ފަތުވާ ގައި ވެއެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ދެ ގައިދީން ކައިވެނި ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.