ފުރަތަމަ 11 | ބިޔަ ބަޖެޓުގެ ހަރަދު 144 މިލިއަނުގައި

މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހޭދައިގެ ގޮތުގައި 392.2 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 518.6 މިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ޓީމް -- ފިނޭންސް

އާ އަހަރުގެ ފުރަތަމަ 11 ދުވަސް ވޭތު ވެގެން ދިޔައިރު ދައުލަތުގެ ބަޖެޓުގެ ޖުމްލަ ބަޖެޓުން ހަރަދު ކުރަމުންދާ މިންވަރު މިދިޔަ އަހަރަށްވުރެ 144 މިލިއަން ރުފިޔާ ހުރީ ދަށުގަ އެވެ. 

މުސާރަތައް ބޮޑު ކުރުމާއި ގިނަ ހަރަދު ތަކެއް ވާރުތަވެގެން ގޮސްފައިވާ މިއަހަރުގެ ބިޔަ ބަޖެޓުން މި އަހަރުގެ މިހާތަނަށް ޖުމްލަ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 524.0 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ މި އަދަދު ހުރީ 668.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ ޖުމްލަ ބަޖެޓުގެ ހަރަދު ރިކަންޓް / އެކްސްޕެންޑިޗާ އެއްކޮށް ބަލާނަމަ 144 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. 

މިހާތަނަށް ހަރަދު - 11، ޖެނުއަރީ 2024

  •  ޖުމްލަ ރިކަރަންޓް ހޭދަ 392.2 މިލިއަން
  •  މުސާރަ ދޭން - 4.3 މިލިއަން
  •  އެޑްމިން ހަރަދުތައް - 361.8 މިލިއަން
  •  ލޮސް އެންޑް ރައިޓް އޮފް - 26.1
  •  ޖުމްލަ ކެޕިޓަލް އެކްސްޕެންޑިޗާ - 131 މިލިއަން

މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހޭދައިގެ ގޮތުގައި 392.2 މިލިއަން ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 518.6 މިލިއަން ރުފިޔާގަ އެވެ. އަދި ރިކަރަންޓް ހޭދައިގެ ތެރޭގައި ހިމެނޭ މުސާރަ ދޭން މި އަހަރު 4.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 5.9 މިލިއަނުގަ އެވެ. 

މިއަހަރާއި މިދިޔަ އަހަރު ޖެނުއަރީ 11 ގެ ނިޔަލަށް ބަޖެޓުގެ ހަރަދު

މިދިޔަ އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 390.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ 474.7 މިލިއަން ރުފިޔާ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.