މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދެވޭ ގޮތް ފަސޭހަ ކޮށްފި

"މެޑިކަލް އިމާޖެންސީ ގައި ޕާސްޕޯޓަށް އެދިލައްވާ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބޭނެ އެވެ،"

އިމިގްރޭޝަންގެ މުވައްޒިފަކު މީހަކަށް ހިދުމަތް ދެނީ

މެޑިކަލް އިމާޖެންސީ ގައި ޕާސްޕޯޓަށް އެދޭ މީހުންނާއި ދޮށީ އުމުރުގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅޭނެ ގޮތް ފަހިކޮށްދީފި އެވެ.

އިމިގރޭޝަނުން ބުނީ މިއަދުން ފެށިގެން މެޑިކަލް އިމާޖެންސީ ގައި ޕާސްޕޯޓަށް އެދޭ މީހުންނާއި ދޮށީ އުމުރުގެ -- 65 އަހަރުން މަތީގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

"މެޑިކަލް އިމާޖެންސީ ގައި ޕާސްޕޯޓަށް އެދިލައްވާ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބޭނެ އެވެ،"

މެޑިކަލް އިމާޖެންސީ ގައި ޕާސްޕޯޓަށް އެދޭ މީހުން އިމިގްރޭޝަނަށް ދިއުމުން އެ އިދާރާގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށައެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

ދޮށީ އުމުރުގެ މީހުންނަށް ހެނދުނު 8:30 އިން 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.