ފައިސަލް ނަސީމް، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

ފައިސަލް ސިޔާސީ މަަސައްކަތްޕުޅު ރަސްމީކޮށް ފެއްޓެވީ ވެސް ޖުމްހޫރީ ޕާޓީންނެވެ. އޭނާއަށް ލިބިވަޑައިގެން ކުރިއެރުމާއި ކާމިޔާބު ގައި ގާސިމްގެ ހިއްސާ ވަރަށް ބޮޑެވެ.

ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް، އޭނާ ނިސްބަތްވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރައްވާ މެންބަރު ކަމުން ވަކިކޮށް ދެއްވުން އެދިވަޑައިގެން ފައިސަލް ސިޓީ ފޮނުއްވާފައިވާ ކަން ޖުމްހޫރީ ޕާޓީން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. އަދި މީޑިއާތަކަށް ފައިސަލް ވެސް ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފައެވެ.

ބައެއް މީޑިއާތަކަށް ފައިސަލް ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ މަސައްކަތުގައި ނޫޅުއްވޭތީ ކަމަށެވެ. އަދި ވަކިވެވަޑައިގަތުމުގެ ކުރީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަޝްވަރާ ކުރެއްވި ކަަމަށެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ އެހެން ޕާޓީތަކާއި ގުޅިވަޑައިގަތުމަށް ނޫން ކަމަށާ އަދި ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ސިޔާސީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެ އެހެން ޕާޓީއަކާއި ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަަމަށް ވެސް ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ސިޔާސީ މަަސައްކަތްޕުޅު ރަސްމީކޮށް ފެއްޓެވީ ވެސް ޖުމްހޫރީ ޕާޓީންނެވެ. އޭނާއަށް ލިބިވަޑައިގެން ކުރިއެރުމާއި ކާމިޔާބު ގައި ގާސިމްގެ ހިއްސާ ވަރަށް ބޮޑެވެ. ގާސިމްގެ ވިޔަފާރީގައި އިސް މަގާމުތަކެއް ދެއްވާ ފައިސަލަށް ވަރަށް ހެޔޮކޮށް ހިއްތެވި އެވެ.

ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ. ނަމަވެސް އެ މަގާމަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން މުޅީން ހުއްޓަވާ ލެއްވި އެވެ. ސިޔާސީ އެހެން ޕާޓީތަކުގެ ވެރީންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަށް ވެސް ފައިސަލް ވަޑައިނުގަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.