އޮބާމާގެ ދޮށީ ދަރިކަނބަލުން ފިލްމެއް ޑައިރެކްޓްކުރި އިރު، އެ އާއިލާއިން 2018 ގައި ނެޓްފްލިކްސްއާއެކީ ހެދި އެއްބަސްވުމެއްގެ ދަށުން ތަފާތު ކޮންޓެންޓްތަކެއް ގެނެސް ދޭނެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެބެއިންގެ ތެރެއިން ދޮށީ ދަރިކަނބަލުން މާލިއާ އޮބާމާ ޑައިރެކްޓްކުރި ފިލްމެއް ސަންޑާންސް ފިލްމު ފެސްޓިވަލްގައި ބައިވެރި ކޮށްފި އެވެ. މި ފިލްމްގެ ސްކްރިޕްޓް ލިޔުއްވެވީ ވެސް މާލިއާ އެވެ.
ސަންޑާންސް ފިލްމު ފެސްޓިވަލްގައި ބައިވެރި ކުރިު އެ ފިލްމަކީ ކުރު ފިލްމެކެވެ. "ދަ ހާޓް" ގެ ނަން ދީފައިވާ އެ ފިލްމަކީ މަންމައަކު އޭނަގެ ފިރިހެން ދަރިފުޅަށް ކުރާ ވަސިއްޔަތެއްގެ މައްޗަށް ވާހަކަ ބިނާކޮށްފައިވާ ހާދިސާތަކެއް ހިމަނާފައިވާ ފިލްމެކެވެ.
އޮބާމާގެ ދޮށީ ދަރިކަނބަލުން ފިލްމެއް ޑައިރެކްޓްކުރި އިރު، އެ އާއިލާއިން 2018 ގައި ނެޓްފްލިކްސްއާއެކީ ހެދި އެއްބަސްވުމެއްގެ ދަށުން ތަފާތު ކޮންޓެންޓްތަކެއް ގެނެސް ދޭނެ އެވެ. އޭގެ ތެރޭ ހިމަނައި އެންމެ ފަހުގެ އުފެއްދުމަކީ ޖޫލިއާ ރޮބަޓްސްއާ އެކީ މިދިޔަ މަހު ގެނެސްދިން ތުރިލާ "ލީވް ދަ ވޯލްޑް ބިހައިންޑް" އެވެ.