ފައްވާރާ މަރާމާތުކޮށް ރޯދައަށް ހުޅުވަނީ

އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން އެ މަސައްކަތް ކުރާނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާމް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން -- ފައްވާރާ މަރާމާތުކޮށް ކުރިއަށް އޮތް ރޯދަ މަހު ހުޅުވާން ނިންމައިފި އެވެ.

ރައީސް ޔާމީންގެ ސަރުކާރު ގައި ޖުމްހޫރީ މައިދާން ސަރަހައްދު ވަނީ ތަރައްގީ ކޮށްފަ އެވެ. އޭރު އެންމެ ހާއްސަ ބަދަލަށް ގެނައީ ކުރީން ހުރި ފައްވާރާގެ ބަދަލު ގައި ޒަމާނީ ފައްވާރާއެއް ތަރައްގީ ކުރުމެވެ. އެތަން ތަރައްގީ ކުރީ ކުޑަކުދީންނަށް އެތަނުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ގޮތަށެވެ.

ފައްވާރާ އިން ފެންވަރާ ކުޅިވަރު ކުޅެވޭ ގޮތަށެވެ. އަދި ކުލަ ބޮކިތަކުން ދިއްލާލާ އެ ސަރަހައްދަށް ވަރަށް ބޮޑު ޒީނަތްތެރި ކަމެއް ގެނެސް ދިނެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އެ ތަން ނުބެލެހެއްޓި ވަނީ ހަލާކުވެގެން ގޮސްފަ އެވެ.

ކައުންސިލްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ވިދާޅުވީ ފައްވާރާ މަރާމާތުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަގަށް ހުޅުވުމަށް ރައީސް މުއިއްޒުގެ އިރުޝާދާ އެކު ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.

އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން އެ މަސައްކަތް ކުރާނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.