ކަނޑުން ގެއްލުނު ބައި ހޯދޭނެ، ކަނޑު ބެލެހެއްޓުން އިތުރު ކުރާނެ: ތޯރިގް

ދިވެހި މަސްކަނޑުތައް ބެލެހެއްޓުން އިތުރު ކުރަން ޖެހޭ ކަމަށާ އެ މަސައްކަތް ސިފައިން މެދުވެރިކޮށް ކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ކަމަށް ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް އިބްރާހިމް މަޑަވެއްޔަށް ވަޑައިގަތުން

ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން ދެން އެޅެން ހުރި ފިޔަވަޅުތައް ބެލުމަށާއި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޓްލޮސްގެ ނިންމުމާ އެކު ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ގަބޫލުކުރާތީ އެ މައްސަލަ ރިވިއު ކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަސައްކަތަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ މަސައްކަތް ކޮށްފައެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް އިއްޔެ މަޑަވެލީ ގައި ބޭއްވި ރަސްމިއްޔާތު ގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ކަނޑުން ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ދިވެހި މަސްކަނޑުތައް ބެލެހެއްޓުން އިތުރު ކުރަން ޖެހޭ ކަމަށާ އެ މަސައްކަތް ސިފައިން މެދުވެރިކޮށް ކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ކަމަށް ތޯރިގް ވިދާޅުވި އެވެ. ދިވެހީންގެ މަސްކަނޑު ބެލެހެއްޓުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބަލަހައްޓަން ޖެހޭ ސަރަހައްދެއް. މިހާތަނަށް އައިރު އެދެވޭ ގޮތެއްގައި ބެލެހެއްޓިފަ އެއް ނެތް. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކުގެ މީހުން ދަނީ ބޭނުން ކުރަމުން،" ތޯރިގް ވިދާޅުވި އެވެ.

ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާއިރު އަދި އެކަމާއި ގުޅޭ މަސައްކަތްތަކަށް ބޭރުގެ ދެ އެކްސްޕާޓުން ވަނީ ހަމަޖައްސާފައެވެ.  އެގޮތުން ޔޫކޭގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކު ހަމަޖައްސާފައިވާ ކަމަށް ސަރުކާތުން ބުންޏެވެ.

މޯލްޓާގެ ފްރޮފެސަރު ރާއްޖެ ވަޑައިގެން ރިޕޯޓް ތައްޔާރު ކޮށްފައިވާއިރު ޔޫކޭ ޕްގެ ރިޕޯޓް ފެބްރުއަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް އޮގަސްޓް 22، 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވަނީ ބަންޑާރަނައިބުގެ އޮފީހާ ހިއްސާފައި ކަމަށާ އެ ސިޓީއާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވެވި ޖަވާބުގެ ސިޓީވެސް ބަންޑާރަ ނާއިބުގެ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރައީސް ސޯލިހް ފޮނުއްވެވި ސިޓީ ވަނީ ސަރުކާރުން މިހާރު ވަނީ އާންމު ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ ފޮނުއްވެވި ސިޓީއަކީ ޖޫން 24، 2022 ގައި ރުވާންޑާ ގައި ބޭއްވުނު ކޮމަންވެލްތުގެ ހެޑް އޮފް ގަވާމަންޓް މީޓިންގެ ހަވާގައި މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސް ސޯލިހާއި ދެއްކެވި ވާހަކަފުޅަށް ހަވާލާ ދެއްވާ ފޮނުއްވެވި ސިޓީއެއް ކަމަށެވެ. ނަމަވެސް އެ ބައްދަލް ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅާއި މަޝްވަރާތަކާއި ގުޅޭ އެއްވެސް ކަމެއް ލިޔެކިޔުމުން ފެންނަން ނެތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.