އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ހާއްސަ ލޯނެއް ވެސް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް ކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުއްވައިދެއްވަނީ --

އަންހެނުން ބާރުވެރިކުރުވައި ކުރިއެރުވުމުގެ ބޭނުމުގައި، އެމީހުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ސޯޝަލް އެންޑް ފެމެލީ ޕްރޮޓެކްޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިކަން އިއުލާނު ކުރެއްވީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ހިންގާ "ހިޔަލަ ވީކެންޑް މާކެޓް" ރޭ ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ހާއްސަ ލޯނެއް ވެސް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް ކުރަން ނިންމާފައިވާ ކަމަށެވެ. މި ދެ ލޯނަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

."ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ދެ ވައުދެއް ވަރަށް އަވަހަށް ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަ ކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ. އަދި ކުދި ވިޔަފާރިތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ލޯނެއް ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެ،" ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ "ހިޔަލަ ވީކެންޑް މާކެޓް" ގެ ސަބަބުން ވެސް އަންހެނުންނަށް އިތުރު ފުރުސަތުތައް ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ. މިއީ އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު އާންމުންނާ ހަމަޔަށް ފޯރުމަށް ލިބުނު ފަސޭހަ މަގެއް ކަމަށެވެ. 

ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ގާއިމް ކުރާ މެކެޓެކެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް މި މާކެޓް ހުޅުވާފައި ހުންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.