ފަލަސްތީނުގެ ދިފާއަށް އެފްރިކާ ކުރާ މަސައްކަތަށް ރާއްޖޭގެ ތައުރީފް

ނައިބުގެ ވާހަކަފުޅު ގައި ޣައްޒާގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާ ހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ތަގުރީރު ކުރައްވަނީ

ފަލަސްތީނާއި އެ ގައުމުގެ ވަޒަންވެރީންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލުން ހިންގާ އަމަލު ތަކަކީ ގަތުލު އާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއްކަން ސާބިތު ކުރުމަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލައަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށް އެފްރިކާގެ އެ އިސްނެގުމަށް ތައުރީފު ކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މި މޭރުމުން ތާއީދު ދެއްވާ ތައުރީފު ކުރެއްވީ ޔުގަންޑާގެ ކަމްޕާލާ ގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ 19 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ގައި ޣައްޒާގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާ ހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާންތައް ރާއްޖެއިން ކުށްވެރި ކުރާ ކުރުން އެމަނިކުފާނުގެ ވާހަކަފުޅު ގައި ތަކުރާރު ކުރެއްވިއެވެ.

މި އުދުވާން ތަކަކީ ގަތުލު އާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އުދުވާން ތަކެއް ކަން ފާހަގަ ކުރައްވައި ދެކުނު އެފްރިކާ އިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް އިސްރާއީލުގެ މި އަމަލުތަކަކީ ގަތުލު އާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއް ކަން ސާބިތު ކުރުމަށް މައްސަލަ ހުށަހަޅާފައި ވާތީ އެކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްހަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމު ގައި އެއްބާރުލުން އިތުރުކޮށް އެކަންކަމަށް ބާރު އަޅައި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމު ކުރުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.