ޝަރުއީ ދާއިރާއަށް 35 އަހަރު ހިދުމަތް ކުރި މުވައްޒިފުންގެ އަގު ވަޒަންކޮށްފި

މިރޭ އޮތް ޝަރުއީ ދާއިރާގެ އާ އަހަރުގެ ފެށުމުގެ ރަސްމިއްޔާތު ގައި ޝަރުއީ ދާއިރާއަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ހަ މުވައްޒިފެއްގެ އަގު ވަނީ ވަޒަންކޮށްފައެވެ.

ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަން ކުރުން

ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަން ކޮށްފި އެވެ. 

މިރޭ އޮތް ޝަރުއީ ދާއިރާގެ އާ އަހަރުގެ ފެށުމުގެ ރަސްމިއްޔާތު ގައި ޝަރުއީ ދާއިރާއަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ހަ މުވައްޒިފެއްގެ އަގު ވަނީ ވަޒަންކޮށްފައެވެ. އެއީ:

  •  ލީލާ މުހައްމަދު - މަހިބަދޫ މެޖިސްޓްރޭޓް ކޯޓްގެ އޮފިސަރު
  •  ހަލީމާ ނާޝިދާ - ޑީޖޭއޭގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު
  •  ނަޝީދާ އަބްދުއްރަހްމާން - ޑީޖޭއޭގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު
  •  އާފިއާ އަބްދުއްރައްޒާގު - ޑީޖޭއޭގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު
  •  ނިއުމާ އިބްރާހިމް - ހިމަންދޫ މެޖިސްޓްރޭޓް ކޯޓްގެ އޮފިސަރު
  •  ސަލްމާ އިބްރާހިމް - ޖުވެނައިލް ކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު
ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަން ކުރުން

މި ހުރިހާ މުވައްޒިފުންނަކީ 1988 ވަނަ އަހަރުން ފެށިގެން ހިދުމަތުގައި ދެމި ތިއްބެވި މުވައްޒިފުންނެވެ.

އެ މުވައްޒިފުންނަށް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. 

ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަން ކުރުން

ޝަރުއީ ދާއިރާއަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒިފުންގެ އަގުވަޒަން ކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު އޮތް ޝަރުއީ ދާއިރާގެ އާ އަހަރުގެ ފެށުމުގެ ރަސްމިއްޔާތު ގައި 40 މުވައްޒިފެއްގެ އަގު ވަޒަން ކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.