މިދިޔަ އަހަރަކީވެސް ޖުޑީޝަރީގެ އުމްރާނީ ތަަރައްގީ ހީނަރުވި އަހަރެއް: އުއްތަމަ ފަނޑިޔާރު

އުއްތަމަފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރަކީ ވެސް އުމްރާނީ ތަަރައްގީ ހީނަރުވެ ޖާގައިގެ ދަތިކަމާއި ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ.

ޝަރުއީ ދާއިރާގެ އާ އަހަރުގެ ފެށުމުގެ ރަސްމިއްޔާތު

މިދިޔަ އަހަރަކީވެސް ޖުޑީޝަރީގެ އުމްރާނީ ތަަރައްގީ ހީނަރުވި އަހަރެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ޝަރުއީ ދާއިރާގެ އާ އަހަރުގެ ފެށުމުގެ ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވި މި ރަސްމިއްޔާތު ގައި އުއްތަމަފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރަކީ ވެސް އުމްރާނީ ތަަރައްގީ ހީނަރުވެ ޖާގައިގެ ދަތިކަމާއި ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓްގެ ޖާގައިގެ ދަތިކަން ދިމާވެ އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބައުވެފައިވާތީ ކޯޓްގެ ހިންގުން ހުއްޓިފައިވާކަން ފާހަގަ ކުރެއްވި އެވެ. ވާރޭވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ. 

ޝަރުއީ ދާއިރާގެ އާ އަހަރުގެ ފެށުމުގެ ރަސްމިއްޔާތު

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު އެކަނި 854 މައްސަލަ ހުށައެޅިފައިވާކަން ފާހަގަ ކުރައްވާ އުއްތަމަފަނޑިޔާރު ވިދާޅުވީ ޖާގައިގެ ދަތިކަން ދިމާވެ ކޯޓްގެ ޝަރީއަތްތައް އޮތީ ހުއްޓިފައި ކަމަށެވެ.

"ނަމަވެސް ހިތާމައާއެކު ފާހަގަ ކުރަން ޖެހޭ ކަމަކީ އެކޯޓް ހިންގަމުން އަންނަ އިމާރާތް ބާވެ މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ ކްރިމިނަލް ކޯޓްގެ މަސައްކަތްތަކާއި އެ ކޯޓްގެ ޝަރީއަތްތައް ހުއްޓިފައިވާކަން،"

ކްރިމިނަލް ކޯޓްގެ މަސައްކަތް ހުއްޓުމަކީ ޖިނާއީ އަދުލްގެ ނިޒާމު ހުއްޓި އެކަމުގެ ސަބަބުން މުޖްތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ފާހަގަ ކުރައްވާ އުއްތަމަފަނޑިޔާރު ވިދާޅުވީ އެ ކޯޓްގައި ފަނޑިޔާރުން އިށީންނަވާނެ ތަނެއް ނެތި މުވައްޒިފުން މަސައްކަތް ކުރާނެ ޖާގަ ނެތި ކޯޓްގައި ބަލަން ޖެހިފައި ހުރި ހުރިހާ މައްސަލަތައް ހުއްޓިފައިވާ ކަމަށެވެ.

"މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.