އިހްތިސާސުގައި ނެތް ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތް ހަދަނީ

ހުށައަޅާ ޕްރޮޕޯޒަލް ގައި ރަށް ނެގުމަށް ކުއްޔެއް ހިމަނާފައި ނުވާނަމަ އެ ރަށެއް ކުއްޔަކާ ނުލައި ދޫކުރުމުގެ އިހްތިޔާރު ވެސް ލިބެ އެވެ.

ރާއްޖޭގެ ރަށްތަކެއްް

އިހްތިސާސު ގައި ނެތް ނަމަވެސް ކައުންސިލު ހިމެނޭ އިދާރީ ދާއިރާ ގައި ހިމެނޭ ފަޅު ރަށްރަށް ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލާ ގެޒެޓް ކޮށްފި އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލާ ގެޒެޓްކޮށްފައިވާއިރު މި ގަވާއިދުން އިހްތިސާސު ގައި ނެތް ނަމަވެސް ކައުންސިލު ހިމެނޭ އިދާރީ ދާއިރާ ގައި ހިމެނޭ ފަޅު ރަށްރަށް ހޯދަން ކައުންސިލްތަކަށް އެދެވޭނެ އެވެ. އިދާރީ ދާއިރާ ގައި ފަޅު ރަށެއް ނެތް ނަމަ އެހެން ދާއިރާ އަކުން / އަތޮޅަކުން ވެސް ފަޅު ރަށެއް ހޯދަން އެދެވޭނެ އެވެ.

އެކަމަށް އެދި ކައުންސިލުންތަކުން ޕްރޮޕޯޒަލް ހުށައަޅަން ޖެހެ އެވެ. އަދި އޭގެ ކުރީން ރައްޔިތުންނާ ބައްދަލުކޮށް އެ ހުށައެޅުމަށް ރުހުން ހޯދާ ފާސް ކުރަން ޖެހެ އެވެ. އަތޮޅު ކައުންސިލްގެ ހުއްދަ ވެސް ހޯދަން ލާޒިމު ކޮށްފައިވެއެވެ.

ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ރަށްތަކުގައި މީގެ ކުރީން ކުރެވެނީ ނިސްބަތުން މަދު މަސައްކަތްތަކެއް ނަމަވެސް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަހުން އާންމުކުރި އިއުލާނު ގައިވާ ގޮތުން ވަރަށް ގިނަ ކަންކަމުގައި ރައްޔިތުންގެ މަންފާއަށް އެރަށްރަށް ބޭނުން ކުރެވޭނެ އެވެ. އެގޮތުން؛

  •  ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
  •  ތަކެތި ގުދަންކުރުން
  •  ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
  •  ދޫނި ގެންގުޅުން
  •  މަސްކައްކައި ހިއްކުން
  •  ލޮނުމަހުގެ މަސައްކަތް ކުރުން
  •  ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
  •  އެކުއަކަލްޗާގެ މަސައްކަތް ކުރުން
  •  ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
  •  ދިރޭމަސް ގެންގުޅުން
  •  އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
  •  ފައިބަރުގެ މަސައްކަތް ކުރުން
  •  ވަޑާމުގެ މަސައްކަތް ކުރުން
  •  ވާކްޝޮޕް ހެދުން
  •  އެޅިގަލުގެ މަސައްކަތް ކުރުން
  •  ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހިދުމަތް ދިނުން
  •  ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

ހުށައަޅާ ޕްރޮޕޯޒަލް ގައި ރަށް ނެގުމަށް ކުއްޔެއް ހިމަނާފައި ނުވާނަމަ އެ ރަށެއް ކުއްޔަކާ ނުލައި ދޫކުރުމުގެ އިހްތިޔާރު ވެސް ލިބެ އެވެ. އަދި އެއް ކައުންސިލަށް ވުރެ ގިނަ ކައުންސިލްތައް ގުޅިގެން ވެސް ރަށެއް މިގޮތަށް ނެގިދާނެ އެވެ.

މި ބަދަލަކީ ގިނަ ކައުންސިލުތަކުން ކުރީއްސުރެ އެދެމުން އައި ބަދަލެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.