ލަންކާ ހައިކޮމިޝަންގެ މަގާމަކަށް ސީޒަން އައްޔަން ކޮށްފި

ބްރޭކެއް ނެގީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރުމަށެވެ. ނަމަވެސް ކެމްޕޭނު ފެށުމަށްފަހު އޭނާ ވަނީ ކުއްލިއަކަށް ނަން އަނބުރާ ގެންގޮސްފަ އެވެ.

އަލީ ސީޒަން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ އެކު

ފިލްމީ ތަރި އަލީ ސީޒަންއަށް ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީގެ މަގާމު ދީފި އެވެ.

ސީޒަން އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި އެންމެ ގިނަ ދުވަސްވީ ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ވަނީ މީގެ ތިން މަސް ކުރިން އެ ދާރިރާއިން ބްރޭކެއް ނަގާކަން އިއުލާނުކޮށްފަ އެވެ.

ބްރޭކެއް ނެގީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާއަށް ވާދަ ކުރުމަށެވެ. ނަމަވެސް ކެމްޕޭނު ފެށުމަށް ފަހު އޭނާ ވަނީ ކުއްލިއަކަށް ނަން އަނބުރާ ގެންގޮސްފަ އެވެ.

ނަން އަނބުރާ ގެންދިއުމަށް ފަހު ސީޒަން ވަނީ އޭނާގެ އެ ނިންމުމާމެދު ސަޕޯޓަރުންގެ ކިބައިން މާފަށް އެދި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ގާތްކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރު ސްކްރީން ކުރި ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޑައިރެކްޓަރު، ސީޒަން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ފިލްމީ ފަންނާނުންގެ ތެރެއިން މުއިއްޒު އެންޑޯޒް ކުރި އެންމެ މަޝްހޫރު އެއް ފަންނާނަކީ ސީޒަން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.