ހަތަރު ދާއިރާ، މަޖިލީހަށް ކުރިމަތިލާން އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލައިފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާ އަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ. ނަމަވެސް އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަކުންނެވެ.

އަދާލަތުގެ މަޝްވަރާ މަޖިލީހުގައި މެންބަރުން ވޯޓް ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ މީހުން ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާ އަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ. ނަމަވެސް އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަކުންނެވެ.

އެ ޕާޓީން ބުނީ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުން ނިންމައިފައި ވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ހަތަރު ދާއިރާއަށް ކަމަށެވެ. އެއީ؛

  •  ވައިކަރަދޫ ދާއިރާ
  •  މަކުނުދޫ ދާއިރާ
  •  އިނގުރައިދޫ ދާއިރާ
  •  ފެލިދޫ ދާއިރާ

މި ދާއިރާތަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން އެދޭ މީހުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. އެ ޕާޓީގެ ނަމުގައި މި ނޫން ދާއިރާއަކަށް ކުރިމަތިލާން އެދޭ މީހުން ވެސް ޕާޓީގެ އިންތިހާބީ ކޮމިޓީއަށް އެޑްރެސްކޮށް, މި މުއްދަތު ގައި ސިޓީ ފޮނުއްވުމަށް ވަނީ އެދިފައެވެ.

އަދާލަތު ޕާޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީ އެކެވެ. ނަމަވެސް އިންތިހާބު ތަކުގައި ވާދަކޮށް ކާމިޔާބު ހޯދުމުގައި އެެ ޕާޓީ އަކީ ވަރަށް ނާކާމިޔާބު ޕާޓީ އެކެވެ. މިހާތަނަށް މަޖިލީހުގެ އެންމެ ގޮނޑިއެއް ނޫނީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.