ވެރިކަމަށް ބަދަލު އަޔަސް ދެގައުމެ ގުޅުމަށް ބަދަލެއް ނާންނާނެ: މަހިންދާ ޔަޕާ

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ ބައްދަލު ކުރެއްވީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަސްވީރެއް ރައީސް އަސްލަމް ލަންކާގެ މަޖިލިސް ރައީސަށް އަރުވަނީ

ވެރިކަމަށް ބަދަލު އަޔަސް ރާއްޖެއާ ސްރީލަންކާއާ ދެ މެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވައި ރާއްޖެއާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންނަށް ހިންގަމުން އައި ތަމްރީން ޕްރޮގްރާމުތައް އަލުން ފަށަން ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ. 

ދާދި ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވެ މިހާރު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެކެވެ. އަދި ދެ ރާއްޖެ އާއި ލަންކާއިން ކުރިން ފަށާފައިވާ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހުއްޓުނީ ކޮވިޑާ ގުޅިގެނެވެ. 

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ ބައްދަލު ކުރެއްވީ އިއްޔެ އެވެ. އަދި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާތައް ބާއްވަވާފަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގޭގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި މަޖިލިސް ރައީސް އަސްލަމް ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވި ދައުވަތަށް ޝުކުރު އަދާ ކުރައްވައި، ޒަމާއްސުރެ ލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަ ކުރައްވާފަ އެވެ. 

އަދި އެ ބައްދަލުވުމުގައު މަހިންދާ ޔަޕާ އަބޭވަރްދޭނާގެ ވާހަކަފުޅުގައި ދެ ގައުމު ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ ވެރިކަމަށް ބަދަލު އަޔަސް ދެ ގައުމު ދެ މެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.