އިޒްރޭލުން ހަނގުރާމަ ހުއްޓާލަން ޖެހޭނެ: ބްލިންކެން

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 24،000 އަށް ވުރެ ގިނަ މީހުން މަރާފައި ވެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން

އިޒްރޭލުން ފަލަސްތީނުގައި ފަށާފައިވާ ހަނގުރާމަ ނިމެންޖެހޭ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ސީއެންބީސީ އަށް ދިން އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ އެމެރިކާގެ ތާއީދު އިޒްރޭލަށް އަބަދުވެސް އޮންނާނެ ކަމަށެވެ. އެކަމަކު ވީ އެންމެ އަވަސް ފުރުސަތެއްގައި އިޒްރޭލު - ފަލަސްތީނުގެ ހަނގުރާމައިގެ މައިދާން ދޫކޮށްލައި އެހެން މަގެއް ހިޔާރު ކުރަން އިޒްރޭލަށް ވެސް އަދި ހަމާސް ޖަމާއަތަށް ވެސް ޖެހޭނެ ކަމަށެވެ. 

ހަނގުރާމައިގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކަށް އަސަރު ކުރަމުންދާ ކަމަށް ބްލިންކެން ވެސް ވިދާޅުވެފައި ވެއެވެ. 

ބްލިންކެން ވިދާޅުވާ ގޮތުގައި ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށާއި އެ މަގަށް އެމެރިކާ ބާރު އަޅައި ސުލްހައިގެ ތެރެއަށް ދާން އިޒްރޭލުގައި އެދެމުން ގެންދާނެ ކަމަށެވެ. އެމެރިކާއިން އެހެން ބުނާއިރު އިޒްރޭލުން ބުނަމުން ގެންދަނީ ހަނގުރާމަ ނުހުއްޓާނެ ކަމަށާއި އެއްވެސް ބާރަކަށް އިޒްރޭލު ނުވެސް ހުއްޓުވޭނެ ކަމަށެވެ.

އދ. އިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 85 ޕަސެންޓް މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. 

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 24،000 އަށް ވުރެ ގިނަ މީހުން މަރާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.