އެމްއެމްޕީއާރްސީގެ ބޯޑަށް ނާޒިމްގެ ދަރިކަނބަލުން ވުލާ

ވުލާއު އަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ދަރިކަނބަލުންނެވެ. ވުލާ މިހާރު ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ނާޒިމް ދަރިކަނބަލުން ވުލީއާއެކު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑް މެންބަރު ކަމަށް އައިމިނަތު ވުލާއު މުހައްމަދު ނާޒިމް އައްޔަން ކޮށްފި އެވެ. 

ވުލާއު އަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ދަރިކަނބަލުންނެވެ. ވުލާ މިހާރު ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ވުލާއުއަށް މަރުހަބާ ވިދާޅުވެ ނާޒިމް ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓް ގައި ވިދާޅުވީ ވުލާއު މެދު ފަހުރުވެރިވާ ކަމަށާ ގޮންޖެހުންތަކާއި ކުރިމަތިލާ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިފަދަ މަގާމުތަކަށް ތައުލީމީ އަންހެނުން އައްޔަނު ކުުރުމަށް ހިތްވަރު ދެއްވާ ނާޒިމް ވަނީ ރައީސަށް ވެސް ޝުކުރު އަދާ ކުރައްވާފަ އެވެ.

"އަހަރެންގެ އެންމެ ލޯބިވާ އަންހެން ދަރިފުޅު ވުލާއުއަށް ހިތުގެ އަޑިން ތަހުނިޔާ ކިޔަން،" ނާޒިމްގެ ޕޯސްޓްގައި ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޯޑްގެ ޗެއާޕާސަންގެ މަގާމަށް އައިޝަތު ނޫރައިން ޖަނާހް ވަނީ ހަމަޖައްސަވާފަ އެވެ. ދުނިޔޭގައި ވެސް މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ނޫރެއިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ.

ކޮމެންޓް

2
450
ދަރިންނާ އަނބިންނާ
3 months ago

މުޅިންވެސް ދަރިންނާ އަނބިންނާނު މި އައްޔަން ކުރަނީ.

ހަނާ
3 months ago

ބޮޑުންނާއި ވިޔަފާރިވެރިންގެ ދަރިންނަން މޮޅު މިއޮތީ ކިޔެވިޔަސް ނުކިޔެވިޔަސް...

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.