ހުއްދަ ނެތި އުމްރާ އަށް ގެންދާ ދެ ގުރޫޕެއްގެ މައްސަލަ

ބަޔާނެއް ނެރެ އިސްލާމިކް މިނިސްޓްރީން ބުނީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" އިން ހުއްދަ ނެތި އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނަ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢލީ ސައީދު

ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުންދާ ކަމަށް ބުނެ އެކަމަށް ސަމާލު ވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

ބަޔާނެއް ނެރެ އިސްލާމިކް މިނިސްޓްރީން ބުނީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" އިން ހުއްދަ ނެތި އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނަ ކަމަށެވެ.

އެގޮތުން އުމްރާއަށް ގެންގޮސްދޭ ކަމަށް އިއުލާންކޮށް އެ ދެ ގުރޫޕުން ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާ އިން ފާހަގަވެފައިވާ ކަމަށާ މިއީ މަނާ ކަމަކަަށް ވާތީ އެކަން އެގޮތަށް ނުކުރުމަށް ވަނީ އަންގާފައެވެ.

އަދި އެފަދަ ކުންފުނިތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުމްރާގެ ހިދުމަތް ދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.