"ގައުމިއްޔަތު" މާއްދާ ފުރަތަމަ އަޖުމަ ބަލާނީ ގްރޭޑް 4 ގައި

ގައުމިއްޔަތާބެހޭ ވަކި މާއްދާއެއް ތައުލީމު މަންހަޖުގެ ތެރެއަށް ތައާރަފު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ޕީއެސްއެމްގެ ފޮޓޯއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކިޔަވައިދޭން ނިންމާފައިވާ "ގައުމިއްޔަތު" މާއްދާ، އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ގައުމިއްޔަތު މާއްދާ ހުރިހާ ގްރޭޑަކަށް ހުޅުވައިލުމުގެ ކުރިން އަޖުމަ ބަލާނެ ކަމަށާއި މިހާރުވެސް އެހެން ބައެއް މާއްދާތަކުގެ ތެރޭން "ގައުމިއްޔަތު" އުނގަންނައިދޭ ކަމަށާއި "ގައުމިއްޔަތު" މާއްދާގެ ތިން ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ "ގައުމިއްޔަތު" މާއްދާއަކީ ވަރަށް ފުޅާ މުހިއްމު މާއްދާއެއް ކަމަށްވުމުން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމުން ބެލެނިވެރިންނާއި ދަރިވަރުންނަށް ގައުމިއްޔަތާއިބެހޭ އިތުރު ސައްހަ މައުލޫމާތު ލިބި ގައުމަށް ދަރިވަރުންގެ ހިތުގައި އޮތް ލޯބި އިތުރުވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.