ކުޅުންތެރީންނަށް ފަރުވާ ދޭން ފެސިލިޓީއެއް ހުޅުވައިފި

ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ.

މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ އިފްތިތާހު ކުުރުން

މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ މިރޭ ހުޅުވައިފި އެވެ. ސޯސަލް ސެންޓަރު ގައި ހެދި އެ ފެސިލިޓީ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާހްކޮށްދެއްވީ ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަން ފެށުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ސިއްހީ މިންގަނޑެއް ގައި ގާއިމުކޮށްފައި ހުންނަންޖެހެ އެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ކުޅުންތެރި އަކަށް / އޮފިޝަލަކަށް / ބެލުންތެރިއަކަށް ސިއްހީ ފުރަތަމަ އެހީ ދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަން ކަށަވަރު ކުރުން ހިމެނެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާއެކު ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމާޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަން ކަށަވަރު ކުރުން މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ.

ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާހް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެތަން ބައްލަވާލެއްވިއެވެ. މީގެ އިތުރުން މި އަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.

ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ސިއްހީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހި ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

1
450
އިއްސެ
3 months ago

ރާއްޖޭގައި ކުޅިވަރެއް އެބައޮތްތަ؟؟ ގައިމުވެސް ފްޓްބޯޅަ އެއް ނެތް. 100

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.