މަޖިލީހުގެ ރައީސް އަސްލަމް ލަންކާއަށް ވަޑައިގެންފި

މި ދަތުރުފުޅު ގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާ އެތަނުގެ ވެރިންނާ ބައްދަލު ކުރައްވާ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެ ކަމަށް ވެސް ބުންޏެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވީއައިއޭ ގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ލަންކާއަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އަސްލަމްގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅު ގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާ އެތަނުގެ ވެރިންނާ ބައްދަލު ކުރައްވާ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެ ކަމަށް ވެސް ބުންޏެވެ.

އަދި ލަންކާގެ ހާރިޖީ ވަޒީރާއި ސަރުކާރުގެ ބައެއް އިސްވެރިންނާވެސް މަޖިލީހުގެ ރައީސް ބައްދަލު ކުރައްވާނެ އެވެ

މި ދަތުރުފުޅު ގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.