އެއްވެސް ބާރަކަށް އިޒްރޭލު ނުހުއްޓުވޭނެ، ހަނގުރާމަ ދާނީ ކުރިޔަށް: ނަތަންޔާހޫ

މިދިއަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މަރާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 25,000 އަށް އަރާފަ އެވެ.

ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ

ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައަށް 100 ދުވަސްވި ނަމަވެސް އެ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށާއި އަދި އެއްވެސް ބަޔަކަށް ބާރަކަށް އިޒްރޭލު ނުހުއްޓުވޭނެ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިޒްރޭލްގެ ގައުމީ ޓީވީ ނަތަންޔާހޫ ވިދާޅުވީ ބައިނަލްއަގުވާމީ ކޯޓެއް، އިއްތިހާދެއް އަދި އަސްކަރީ ބާރަކަށް ވިޔަސް އިޒްރޭލާއި އެ ގައުމުގެ ހަމަލާތައް ނުހުއްޓުވޭނެ ކަމަށާއި އިޒްރޭލު ހަނގުރާމައިގައި ދެމި އޮންނާނެ ކަމަށެވެ. 

ގާޒާއަށް އިޒްރޭލުން ދަނީ ހުއްޓާ ނުލާ ހަމަލާތައް ދީ ސުންނާފަތި ކުރުމާއެކު މީހުން މަރަމުންނެވެ. އެ ގޮތުން އެއްގަމާއި ވައިގެ މަގުން ދޭ ހަމަލާތައް ހަނގުރާމައަށް 100 ދުވަސްވާއިރު އިތުރަށް ފުޅާ ކޮށްފައި ވެއެވެ. 

ގާޒާގައި މިހާރުވެސް ކަރަންޓާއި މުއާސަލާތީ ގުޅުމެއް ނެތެވެ. މިދިއަ 24 ގަޑިއިރު ތެރޭގައި ވެސް ގާޒާއިން 125 މީހުން މަރާލާފައި ވެއެވެ. 

މިދިއަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މަރާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 25,000 އަށް އަރާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.