ޓައިވާންގެ މިނިވަން ދައުލަތަކަށް އެމެރިކާގެ ތާއީދެއް ނޯންނާނެ: އެމެރިކާ

ޓައިވާނުގެ އިންތިހާބުގައި ލައި ޗިންގް ޓޭ ކާމިޔާބު ކުރެއްވި އިރު އޭނާއަކީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އަދި ޗައިނާގެ ބިރުދެއްކުންތަކަށް ޓައިވާނު ނުސިހޭނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ.

ޓައިވާންގެ އިންތިހާބަށްފަހު ޓައިވާނުގެ މީހުން އުފާ ފާޅު ކުރަނީ

ޓައިވާނަކީ މިނިވަން ދައުލަތަކަށް ހަދަން އެމެރިކާގެ ތާއީދެއް ނޯންނާނެ ކަމަަށް އެމެރިކާއިން އިއްޔެ ބުނެފި އެވެ. 

އެމެރިކާއިން އެހެން ބުނީ ޓައިވާންގެ އިންތިހާބުގައި ޗައިނާގެ ވިސްނުމާ ދެކޮޅަށް އަދި އެމެރިކާ ރުހޭ ގޮތަށް މަސައްކަތް ކުރައްވާ  މިހާރުގެ ވެސް ނައިބު ރައީސް ލައި ޗިންގް ޓޭ ޓައިވާނުގެ ރައީސް ކަމަށް އިންތިހާބު ކުރުމާއެކު އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އިންތިހާބަށް ފަހިު ޓައިވާނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެކަމަކު މިނިވަންވާން ދައްކާ ވާހަކަތަކަށް ތާއީދެއް ނެތް ކަމަށެވެ. 

ޗައިނާއިން އަބަދުވެސް ބުނަމުން ގެންދަނީ ޓައިވާނަކީ އެ ގައުމުގެ ބައެއް ކަމަށާއި ޓައިވާނު ހިފާނެ ކަމަށެވެ. ނަމަވެސް އެމެރިކާ އަކީ ޓައިވާނަށް ހިތްވަރު ދީ ޗައިނާ އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ހުރިހާ ގޮތަކުން ޓައިވާނަށް އެހީތެރިވާ ފަރާތެވެ. އެހެން ނަމަވެސް އެމެރިކާއަކަށް ވެސް ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާކަށް ނުކެރެ އެވެ. އެއާ ހިލާފަށް އަބަދުވެސް ބުނަނީ އެމެރިކާއިން ގަބޫލު ކުރަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ކަމަށެވެ.

އދ. ނިންމާ ބަލައިގަންނަ ގޮތަކީ ވެސް ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގަ އެވެ. 

ޓައިވާނުގެ އިންތިހާބުގައި ލައި ޗިންގް ޓޭ ކާމިޔާބު ކުރެއްވި އިރު އޭނާއަކީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އަދި ޗައިނާގެ ބިރުދެއްކުންތަކަށް ޓައިވާނު ނުސިހޭނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޓައިވާނަކީ ވަކި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އިއުލާން ކުރާނެ އެވެ. އެއީ އޭނާގެ ވައުދެކެވެ. 

މިހާރު ޓައިވާނުގައި ހިނގަ ކަންކަމަކީ ޗައިނާ ރުހިގެން ބަލަން އޮންނާނެ ކަން ކަމެއް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.