ހަތަރު އަހަރު ކުރީގެ ފަތުވާއެއް: ޓެޓޫ ޖެހުމަކީ ހަރާމް ކަމެއްް

ޓެޓޫ ޖެހުމަކީ މާތްﷲ ހައްދަވާފައިވާ މަހުލޫގެއްގެ ހައްދަވާފައިވާ ގޮތް ބަދަލު ކުރުމާއި ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް ކަމުގައި އިލްމުވެރީން ވިދާޅުވެ އެވެ.

މީހަކު ގައިގައި ޓެޓޫ ޖަހަނީ

ހަށިގަނޑު ގައި ޓެޓޫ ޖެހުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މީގެ ހަތަރު އަހަރު ކުރީން ނިންމާފައިވާ ފަތުވާއެއް އާންމުކޮށް ޓެޓޫ ޖެހުމުގެ ނުބައިކަން ފަތުވާ މަޖިލީހުން ހަނދާންކޮށްދީފި އެވެ.

އޮގަސްޓް 27، 2019 ގައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން "ޓެޓޫ ޖެހުމުގެ ހުކުމް" ބަޔާންކޮށް ނެރެފައިވާ ފަތުވާ ގައި ބުނެފައި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި ދޫންޏާއި ހައިވާނުތަކުގެ ސޫރަތަކާއި އިންސާނުންގެ ސޫރަތަކާއި އެ ނޫން ވެސް އެކި ވައްތަރުގެ ނިޝާންތައް ކުރަހާފައި ބެހެއްޓުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށެވެ.

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރީންގެ ބަސްފުޅުތަކާއި ބުއްދީގެ ހަމަތަކުގެ އަލީ ގައި ދިރާސާ ކުރުމުން އެނގި ހާމަވީ [ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި ދޫންޏާއި ހައިވާނުތަކުގެ ސޫރަތަކާއި އިންސާނުންގެ ސޫރަތަކާއި އެ ނޫން ވެސް އެކި ވައްތަރުގެ ނިޝާންތައް ކުރަހާ] ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގައި ޓެޓޫ ބެހެއްޓުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމުގައެވެ،"

އަދި މިކަމަކީ މާތްﷲ ހައްދަވާފައިވާ މަހުލޫގެއްގެ ހައްދަވާފައިވާ ގޮތް ބަދަލު ކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް ކަމުގައި އިލްމުވެރީން ވިދާޅުވާތީ ކަމަށް ވެސް ފަތުވާފައި ވެއެވެ.

ޓެޓޫ ޖެހުމާއި ގުޅޭގޮތުން މީގެ ހަތަރު އަހަރު ކުރީގެ ފަތުވާ މަޖިލީހުގެ ފަތުވާއެއް މިއަދު އާންމުކޮށް ޓެޓޫ ޖެހުމުގެ ހުކުމް ހަނދާންކޮށްދީފައި މިވަނީ ދިވެހި ޒުވާނުންގެ މެދުގައި ޓެޓޫ ޖެހުން ފެޝަނަކަށް ވެ ބައެއް ޒުވާނުން ހަށިގަނޑުގައި ޓެޓޫ ޖަހާތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.