އާޒިމް ކުރި ހޯއްދެވީ 2،590 ވޯޓުން، ވޯޓްލީ 17410 މީހުން

މިއަދުގެ އިންތިހާބު ގައި ވޯޓް ދިނުމުގެ ހައްގު 56،000 ވުރެ ގިނަ މީހުންނަށް ލިބިފައި ވެއެވެ. ނަމަވެސް ވޯޓްލާން ނިކުތީ މަދު އަދަދެއްގެ ބައެެކެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 31.84 ޕަސެންޓެވެ.

އާދަމް އާޒިމް އަދި އާޒިމާ ޝަކޫރު: އާޒިމާގެ މައްޗަށް އާޒިމް ކުރި ހޯއްދެވީ 2،500 ވޯޓުން

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ކުރިއަށް ގެންދިޔަ އިންތިހާބު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް 7،621 ވޯޓުން ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު އޮތް އިންތިހާބު ގައި މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަ ކުރެއްވި އެވެ. ވަގުތީ ނަތީޖާގެ ބޮޑު އިންސައްތައެއް ސާފުވެފައިވާއިރު ތަފާތު ބޮޑުކޮށް އިންތިހާބު ކާމިޔާބުކޮށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އާދަމް އާޒިމެވެ.

  •  އާދަމް އާޒިމް - 7،621 ވޯޓް
  •  އާޒިމާ ޝަކޫރު - 5،031 ވޯޓް
  •  މުހައްމަދު ސައިފް ފާތިހް - 2،343 ވޯޓް
  •  ހުސައިން ވަހީދު - 1،888 ވޯޓް
  •  ޝުއައިބު އަލީ - 125 ވޯޓް

މިއަދުގެ އިންތިހާބު ގައި ވޯޓް ދިނުމުގެ ހައްގު 56،000 ވުރެ ގިނަ މީހުންނަށް ލިބިފައި ވެއެވެ. ނަމަވެސް ވޯޓްލާން ނިކުތީ މަދު އަދަދެއްގެ ބައެެކެވެ.

ޕަސެންޓޭޖުން ބަލާނަމަ އެއީ 31.84 ޕަސެންޓެވެ.

  • ވޯޓްގެ ހައްގު އޮތް އަދަދު - 54،580 މީހުން
  • ވޯޓްލީ މީހުންގެ އަދަދު - 17،410 މީހުން
  • ސައްހަ ވޯޓް - 17،008 މީހުން
  • ބާތިލް ވޯޓް - 402 ވޯޓް
  • ޖުމްލަ ވޯޓް - 17،410 މީހުން
  • ވޯޓްލީ ނިސްބަތް - 31.84 ޕަސެންޓް

މިއަދުގެ ނަތީޖާއާ އެކު ކައުންސިލްގެ މެޖޯރިޓީ އޮންނާނީ ސަރުކާރަށެވެ. އެމްޑީޕީގެ ތިން މެންބަރުން ހިމެނޭއިރު ދަ ޑިމޮކްރެޓްސްގެ ދެ މެންބަރު އަދި ޕީއެންއެފްގެ ދެ ކައުންސިލަރަކު ހިމެނެ އެވެ. ދެން ތިއްބެވީ ޕީޕީއެމް / ޕީއެންސީގެ ކައުންސިލަރުންނެވެ. ސަރުކާރު ހިންގާ ދެ ޕާޓީއަށް ނިސްބަތްވާ 11 ކައުންސިލަރުން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.