އިމާރާތަކުން ދަގަނޑެއް ވެއްޓި މީހެއްގެ މޫނަށް ހެރިއްޖެ

ފަހަކަށް އައިސް ރާއްޖައި މަސައްކަތު މާހައުލުގެ އެކްސިޑެންޓްތައް ގިނަ އެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން މަސައްކަތުގެ ސައިޓްތަކުގައި މީހުންނަށް އަނިޔާވުން އިތުރުވެފައިވާއިރު އެފަދަ ހާދިސާތަކުގައި މީހުން މަރުވެފައި ވެސް ވެއެވެ.

ރާއްޖޭގެ ވެރިރަށް މާލެ

މާލޭގެ އިމާރާތެއްގެ މަތީން ވެއްޓުނު ދަގަނޑެއް މީހެއްގެ މޫނަށް ހެރި ޒަހަމް ވެއްޖެ އެވެ.

ފުލުސް އިދާރާއިން ބުނީ މާލޭގެ ހެންވޭރު އަވަށުގައި ހަދަމުން ދިޔަ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަމުން ދަނިކޮށް އޭގެ ތެރެއިން ދަގަނޑެއް ވެއްޓި މީހެއްގެ މޫނަށް ހެރި ޒަހަމްވެފައިވާ ކަމަށާއި އަދި ޒަހަމްވި އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ދަގަނޑު ހެރުމުގެ ސަބަބުން އޭނާއަށް ލިބުނު ޒަހަމްގެ ކުޑަ ބޮޑު މިން ސާފުކޮށެއް ނުދެ އެވެ. ނަމަވެސް އޭނާ ނޭފަތާ ކައިރިން ދަގަނޑު ހެރި އަނެއް ފަރާތަށް ފޫ އަޅާފައިވާ ކަމަށް ވެއެވެ. އެ މީހާގެ ހާލު ދެރަ އެވެ. އަދި އެއީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ މުވައްޒަފެކެވެ.

މަސައްކަތުގެ މާހައުލުން އައި ނުރައްކާތެރި މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ގާތްގަނޑަކަށް 11:28 ގައެވެ. އިމާރާތަށް އަރުވަން އުޅުނު ދަގަނޑު ތަކުގެ ވެއްޓުނު ދަގަނޑު ހެރުނީ ބިދޭސީ ފިރިހެނެއްގެ މޫނަށެވެ.

ފުލުހުން ގެންދަނީ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. ފަހަކަށް އައިސް ރާއްޖައި މަސައްކަތު މާހައުލުގެ އެކްސިޑެންޓްތައް ގިނަ އެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން މަސައްކަތުގެ ސައިޓްތަކުގައި މީހުންނަށް އަނިޔާވުން އިތުރުވެފައިވާއިރު އެފަދަ ހާދިސާތަކުގައި މީހުން މަރުވެފައި ވެސް ވެއެވެ.

ފަހުގެ ބައެއް ވޯކް އެކްސިޑެންޓްތައް

އޮކްޓޫބަރު 3، 2019 ގައި ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެގެން ބިދޭސީއަކު މަރުވި އެވެ. އެއީ ސަން ޝިޔާމް ކުންފުނިން ރިސޯޓެއް ގޮތަށް ތަރައްގީ ކުރާ ނ. ދިގުރަށުގައި ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެގެނެވެ. އޮކްޓޫބަރު 8، 2019 ގައި ވީއައިއޭގައި ހަދަމުންދާ އާ ކާގޯ ޓާމިނަލް އިމާރާތުން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތައް ލިބުނެވެ. އެއީ ބަންގްލަދޭޝްގެ 27 އަހަރުގެ ރައްޔިތެކެވެ. ނޮވެމްބަރު 21، 2019 ގައި މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތައް ވިއެވެ. ޖުލައި 22، 2020 ގައި ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރީން ބިދޭސީއަކު ވެއްޓި މަރުވި އެވެ. ޖޫން 10، 2019 ގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މީހަކު މަރުވިއެވެ. ސިމެންތި ބަސްތާ ވެއްޓުމުގެ ސަބަބުން މަރުވެފައިވަނީ އެ އިމާރާތްކުރުމުގައި މަސައްކަތް ކުރާ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ހަދަމުންދިޔަ އިމާރާތަކުން ކުއްޖެއްގެ ބޮލަށް ސިމިންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވި މަރުވި ހަބަރަކީ 2018 ވަނަ އަހަރު މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. ޑިސެންބަރު 17، 2018 ގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ބަންގަލަދޭޝް ކުއްޖެއްކަމަށްވާ، ރައުޝާން ޖީއާން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.